މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހުޅުމާލޭގައި އިމާރާތްކުރާ ޖަލު ކޮމްޕްލެކްސް ޑީޓެއިލް ޑްރޯވިން ތައްޔާރު ކުރުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

                                    ނަންބަރު:   IUL10-F/10/2021/241

އިޢުލާން

 

ހުޅުމާލޭގައި އިމާރާތްކުރާ ޖަލު ކޮމްޕްލެކްސް ޑީޓެއިލް ޑްރޯވިން ތައްޔާރު ކުރުން

މި މިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތަށް ހުޅުމާލޭގައި އިމާރާތްކުރާ ޖަލު ކޮމްޕްލެކްސް ޑީޓެއިލް ޑްރޯވިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި 18 ނޮވެންބަރު 2021 ވަނަ ދުވަހު ކުރި ނަންބަރު (IUL)10-F/10/2021/228 އިޢުލާނާގުޅިގެން، ބިޑްހުށަހެޅިފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި މި މިނިސްޓްރީން ބޭނުންވާމިންވަރަށް ޓެކްނިކަލް ތަޖުރިބާގެ ލިއުން މަދުކަމަށްފެންނާތީއާއި، މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ މުއްދަތު ދިގުކަމަށް ފެންނާތީ، އެއިޢުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.

    ވީމާ، މިބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 05 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހު މެންދުރު 11:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޑިސެންބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމަށް އެދިލައްވާ ފަރާތްތަކުގެތެރެއިން ބީލަން ބަލައިގަނެވޭނީ، 31 ޑިސެންބަރ 2021 އަށް މި މަސައްކަތް ނިންމޭނެ ފަރާތްތަކުގެ ބީލަން އެކަނިކަމުގައި ދަންނަވަމެވެ.

 

02 ޑިސެންބަރު 2021
ހޯދާ