ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 21 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 21 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
30 ނޮވެމްބަރ 2021 |
ބައްދަލުވުން ބޭއްވި ގަޑި: |
12:45 |
ނިންމުންތައް
- ކައުންސިލުން ރަށުގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް ކޮންމެ ތިންމަހުން ބައްދަލުވުމެއް ބޭއްވުމަށް ނިންމުނު.
- ވަންދޫ ސްކޫލްގައި ދާއިމީ ޕްރިންސިޕަލްއެއް ހަމަޖެހިފައި ނެތުމުން ދާއިމީ ޕްރިންސިޕަލްއެއް ހަމަޖައްސައިދިނުމަށް އެދި މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ހުށަހެޅުމަށް ނިންމުނު.
- ރަށުގެ ސިނާއީސަރަހައްދުން ބިންދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ޤަވާއިދުން ބިމުކުލި ދައްކަމުންދާނަމަ އެއްބަސްވުމުގެ މުއްދަތު 2 އަހަރުދުވަހައް އިތުރުކުރުމަށާއި އެއްބަސްވުމުގެ މުއްދަތުހަމަވެ މުއްދަތު އިތުރުކުރުމަށް ބޭނުންނުވާ ފަރާތްތަކުގެ ބިންތައް ކައުންސިލައް ނެގުމަށް ނިންމުނު.
- ސައިލާބު އަދި މަގުލަސް ގޯތީގައިވާ މިންތަކާއި ރަޖިސްޓަރީގައިވާ މިންތައް ތަފާތުވެފައިވުމާއި އަދި ރަޖިސްޓަރީގައިވާ މިންތައް ހަމަކުރުމުން މަގުތަކުން އުނިވުމާއި ގޯތީގައި ޢިމާރާތްކުރެވިފައިނެތުމުން މިހިނދަށް މަގުސީދާކޮށް ގޯތީގައިހުރި މިންތަކަށް ރަޖިސްޓަރީ އިސްލާޙްކުރުމަށް ނިންމުނު.
- ކައުންސިލްގެ އެކައުންޓްތައް އޮޕަރޭޓްކުރުމާއިގުޅޭ ގަރާރު ފާސްކުރެވުނު.
- ކައުންސިލްގެ 2022-2026 އެކުލަވާލެވިފައިވާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ފާސްކުރެވުނު.
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
30 ނޮވެންބަރު 2021
ހޯދާ