ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެކްސްޓަރނަލް އޮޑިޓްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

މި އޮތޯރިޓީއަށް އެކްސްޓަރނަލް އޮޑިޓްގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (TOR) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 8 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި މި އޮތޯރިޓީގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 7 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން[email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ޕްރޮޕޯސަލް ބަލައިގަތުން:

  1. ތާރީޚް އަދި ތަން: 15 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.
  2. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކިވަކި ސިޓީއުރައިގައެވެ.

މި އިޢުލާނާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ފޯނު ނަމްބަރު: 3336619 އަށް ގުޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

27 ރަބީޢުލްއާޚިރު 1443

2 ޑިސެންބަރު 2021

02 ޑިސެންބަރު 2021
ހޯދާ