ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ މަކުނުދޫ ސިއްހީމަރުކަޒުގައި އޮފީސް ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެ

ހދ މަކުނުދޫ ސިއްހީމަރުކަޒުގައި އޮފީސް ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުން ވެގެން ކުރެވުނު ނަމްބަރ) (IUL)KRH-PLD/2021/84 17 ނޮވެންބަރު 2021) އިއުލާނާއި ގުޅިގެން ލިބިފައިވާ އަގު ބޮޑުވުމުން އެ އިއުލާނާއި، އެއިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބު ބާތިލު ކޮށްފީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 2 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލު މީޓިންގ ރޫމް އަދި މަކުނުދޫ ހެލްތު ސެންޓަރު ގައެވެ.

  • އަންދާސީ ހިސާބު ހުށަހެޅުން

16 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި

 މި އިއުލާނާއި ގުޅޭ އެއްވެސް މައުލުމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

02 ޑިސެންބަރު 2021
ހޯދާ