ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މެރިކަލްޗަރ މަސައްކަތުގެ ވިޔަފާރިކުރުމާއި، ހުއިފި ލަނޑާ ގަނެ ކައްކާ ހިއްކުމުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

މިރަށު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތުން، މަސް ކައްކާ ހިއްކުމާއި މަހުގެ ވިޔަފާރި ބޭނުންތަކަށް ދޫކޮށްފައިވާ 2 ބިމުގެ އުތުރުން، މެރިކަލްޗަރ މަސައްކަތުގެ ވިޔަފާރިކުރުމާއި، ހުއިފި ލަނޑާ ގަނެ ކައްކާ ހިއްކުމުގެ ވިޔަފާރި ބޭނުންތަކަށް 2000 އަކަފޫޓުގެ 2(ދޭއް) ބިން، 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

މި ބިމަށް ކުރިމަތިލެވޭނީ ލ. ކަލައިދޫގެ އުމުރުން 18 އަހަރުން މަތީގެ ރަށްވެހިންނަށާއި، ލ. ކަލައިދޫގެ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރިއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 13 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

02 ޑިސެންބަރު 2021
ހޯދާ