ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  •  2022 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  •  މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021 ޑިސެންބަރ 5 އިން 9 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް ޢަފީފުއްދީންސްކޫލުގައި ނަންނޯޓުކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  •  މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވަނަމަ 2021 ޑިސެންބަރ 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
  •  މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެންބަރ 12 ވާ އާދީއްތަ ދުވަހުގެ  13:00 ގައި ޢަފީފުއްދީން ސްކޫލުގައެވެ.
  •  ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެންބަރ 16 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި ޢަފީފުއްދީންސްކޫލުގައެވެ.
  •  ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
  •  ޢަފީފުއްދީންސްކޫލު / ކުޅުދުއްފުށި ސިޓީ  
  • ފޯން: 6528046 ، 6528041

އީމެއިލް: [email protected]

02 ޑިސެންބަރު 2021
ހޯދާ