ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ވޮލީ މުބާރާތް

ހަނިމާދޫ ކައުންސިލްގެ ވޮލީ މުބާރާތް.

            މިކައުންސިލްގެ ފަރާތުން ހަނިމާދުގެ ދެޖިންސްގެ ބޭފުޅުންނަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބޭއްވުމަށް ގަސްތުކުރަމެވެ. މި މުބާރާތުގައި ބައިވެރިވެލައްވަން ޝަޢުޤުވެރިވެ ލައްވާ ޓީމްތަކުން 16 ޑިސެމްބަރ 2021 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

          ފޯމު ދޫކުރުމާއި ބަލައިގަތުން މިއިދާރާގެ ރިސެޕްޝަނުން ރަސްމީބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކުރިއަށް ދާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް ކައުންސިލް މެންބަރ ނާޒިޔާ ޙަސަން 7998223 އަށް ގުޅުއްވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޑިސެންބަރު 2021
ހޯދާ