މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގެ ކާނުތަކާއި ބެހޭ

ޒަމާނާ އެއްފެންވަރަށް ތަރައްޤީ ކުރެވިފައިވާ މަގުތަކުގެ ކާނުތަކުގައި ރާނުމާއި އަދި މޫ ފައިބާ ބޮޑެތި އިންދަމުންދާކަން މިއިދާރާއަށް ވަނީ ފާހަގަވެފައެވެ. މިކަންކަމަކީ ފެންހިންދުމަށް ދަތިވެ އަދި ތާރުގަނޑު ހަލާކުވުން ފަދަ ކަންކަން ހިނގާފާނެ ކަމެއް ކަމަށް ފެނެވެ. މިކަން މިގޮތަށް ކުރުމަކީ މަނާކަމެކެވެ. އަދި މިފަދައިން، މިކަން ކުރާނަމަ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅަމުންދާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިފަދަ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުން މިއިދާރާއަށް ދެއްވާ އެއްބާރު ލެއްވުމަށް ނުހަނު އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ރަބީޢުލްއާޚިރާ 1433

01 ޑިސެމްބަރ   2021

01 ޑިސެންބަރު 2021
ހޯދާ