މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް އިންދުމާއި ގުޅޭ

މިރަށުގައި އެކި ދުވަސްވަރު އިޖުތިމާޢީ އެކި ބިންތަކުގައި މިއިދާރާއަށް ނޭނގި ރުއްގަސް އިންދަމުންދާ ކަމީ މި ރަށުގައި ޢާންމުވަމުންދާކަމެކެވެ. ނަމަވެސް، މިކަމަކީ ދިވެހިރާއްޖޭގައި ހެދިފައިވާ "މީހުންއުޅޭ ރަށްރަށުގެ ރުށްގަހާ ބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު 98/21) ގެ ދެވަނަ މާއްދާއިން މުޅިން މަނާ ކުރެވިފައިވާ ކަމެކެވެ. އަދި މިފަދައިން ރުއްގަސް އިންދަންވާނީ ރަށު ކައުންސިލުގެ ހުއްދަ ހޯދުމަށްފަހު މި އިދާރާއިން ކަނޑައަޅާ ތަނެއްގައި ކަމުގައިވެސް ދަންނަވަމެވެ.  އެހެނީ އިޖުތިމާޢީ ސަރަޙައްދު ތަކަކީ ވަކި ފަރާތަކަށް ދެވިފައިވާ ބިންތަކަށް ނުވެފައި، މިކަމުގެ ސަބަބުން ރަށުގެ ޢާންމު މަޞްލަޙަތަށް ނޭދެވޭނެ އަސަރު ކުރާނެ ކަމެއް ކަމުގައި ވާތީ، މިކަން ހުއްޓާލުމަށް ހުރިހާ ރައްޔިތުންގެ ކިބައިން މިއިދާރާއިން އިލްތިމާސް ކުރަމެވެ.

އަދި، މި ދުވަސްވަރު ކައުންސިލުން މިދަނީ ރުއްގަހާބެހޭ ދަފްތަރެއް އެކުލަވާލާ، ރުއްތައް ރައްޔިތުންނަށް ކުއްޔަށް ދޫކުރުމަށް ރަށުގެ އެކި ހިސާބުތަކުގައި އިންދާފާއިވާ ރުއްތަކުގައި ނަންބަރު ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

މިފަދަ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުން މިއިދާރާއަށް ދެއްވާ އެއްބާރު ލެއްވުމަށް ނުހަނު އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ރަބީޢުލްއާޚިރާ 1433

01 ޑިސެމްބަރ   2021

01 ޑިސެންބަރު 2021
ހޯދާ