މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސް ޕްލާންޓްގައި ކުރަންހުރި މަސައްކަތްތައް

އައިސް ޕްލާންޓްގައި ކުރަންހުރި މަސައްކަތްތައް

އައިސް ޕްލާންޓްގައި ކުރަންހުރި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2021 ޑިސެންބަރު 07 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.

އައިސް ކޮންޓެއިނަރގައި ކުރަންހުރި މަސައްކަތްތައް

1- އައިސް ކޮންޓެއިނަރުގެ އެތެރޭ ތަޅުމުގައި ފައިބަރުކުރުން (458 އަކަފޫޓް)

2- އައިސް ކޮންޓެއިނަރުގެ އެތެރޭގެ ބިތްތަކުގައި '4 ފޫޓް އުސްމިނުގައި ފައިބަރުޖަހައި ފައިބަރު ޝީޓް ނިމޭ ހިސާބުގައި އެސްއެސް ފަތި އެޅުން. ('18 ފޫޓްގެ ދެ ބިތް، '25 ފޫޓްގެ 2 ބިތް)

3- ފައިބަރުކުރާނީ ޖުމްލަ 04 މެޓް ޖަހައިގެންނެވެ. (2 މެޓް ޖަހައި ރިވެޓް އަޅައި، އަދި އޭގެ މަތިން އިތުރު 2 މެޓް ޖަހައި ޖެލްޖެހުން)

 

ޕަންޕް ހައުސް ހެދުން

1- އައިސް ޕްލާންޓްގެ ވަށާފާރުގެ އެތެރެއިން ލޮނުފެން ޕަންޕް ހަރުކޮށްފައިވާ ސަރަޙައްދު ފާރު '8 ފޫޓަށް އުސްކޮށް '5 އިންޗި އެޅިގަލުން ރާނާ ދެފަރާތުން ސިމެންތިޖަހައި އޮމާންކޮށް ސީލަރާއި ކުލަލުން. (މިފާރުގެ ދިގުމިނަކީ '18ފޫޓް)

2- ޕަންޕް ބޭސްމަންޓްގެ ދެކުނު ފަރާތުގެ ދެކޮޅަށް ދެ ތަނބުޖެހުން. ('1x'1 ފޫޓްގެ ބުޑަކާއިއެކު "3 އިންޗީގެ ޕީވީސީ ހޮޅިއަށް ކޮންކްރިޓްކުރުން)

3- ޕަންޕް ހައުސް ފުރާޅު ގިއުގަނޑު ލަކުޑިން ހަދާ، އުތުރުފަރާތަށް ފެންފަހިކޮށް ލައިސާޓް ނޫކުލައިގެ މޮޅު ޓިނުޖަހައި ހިޔާކުރުން. (ޕަންޕްހައުސްގެ ފުޅާ މިން '7ފޫޓް، ޓިނުގެ ދިގުމިން '10 ފޫޓް)

4- ޕަންޕް ހައުސްގެ ހުޅަނގުކޮޅާއި އިރުމަތީކޮޅު އަދި ދެކުނު ބިތުގައި ލަކުޑި ފްރޭމް ހަދައި ބިމުންފެށިގެން '6 ފޫޓް މަތި ލައިސާޓް މޮޅު ޓިނުޖަހައި ބެއްދުން. 

ޖަނަރޭޓަރ ރޫމް

  1. ޖަނަރޭޓަރުގެ ދުންހޮޅި ހިފެހެއްޓުމަށް "3 އިންޗީގެ ދަގަނޑު ހޮޅިން ސްޓޭޑެއް ހަދައި ތަޅުމުގައި މައުންޓްކޮށް ދުންހޮޅި ހިފެހެއްޓުމަށް ބްރެކެޓް ހަރުކުރުން.
  2. ޖަނަރޭޓަރުގެ ރޭޑިއޭޓަރުން ވައި ބޭރުކުރުމަށް ރޭޑިއޭޓަރާއި ޖަނަރޭޓަރު ކޮޓަރީގެ ފާރާއި ދެމެދު މޮޅު ހުދު ސަތަރިން ގުޅުވާލައި ޖަނަރޭޓަރު ކޮޓަރިން ބޭރަށް ވައި ދަތުރުކުރާނެގޮތް ހެދުން.

ބިޑް ރަޖިސްޓްރޭޝަން

2021 ޑިސެންބަރު 06 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected]  އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

  • ވިޔަފާރީގެ ނަން
  • ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  • ވެރިފަރާތުގެ ނަން
  • ވެރިފަރާތާއި ގުޅޭނެ ނަންބަރު
  • އީމެއިލް އެޑްރެސް

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

- އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"އައިސް ޕްލާންޓްގެ މަސައްކަތްތައް ކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- ކުންފުނީގެ ޕްރޮފައިލް

- ތަޖުރިބާގެ ލިޔުންތައް

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

މާކްސް ދެވޭގޮތުގެ ތަފްސީލު:

  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %85

- މުއްދަތު

- ތަޖުރިބާ %5

- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު ތަޖުރިބާގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ގިނަ ލިޔުންތައް ހުށަހަޅާފައިވާ ފަރާތަށެވެ.

  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 ޑިސެންބަރު 06 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 ޑިސެންބަރު 2021
ހޯދާ