ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ (މިއިދާރާގެ ނަންބަރު 57-F/ML/IU/2021/66(23 ނޮވެންބަރު 2021) އިޢުލާނުގައިވާ ތާރީޚްތަކަށް ބަދަލު ގެނައުން)
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް އޮޑިޓް ފަރމެއް ހަމަޖެއްސުމަށް ކުރެވުނު ނަންބަރު 57-F/ML/IU/2021/66 (23 ނޮވެންބަރު 2021) އިޢުލާނުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި، ޕްރީބިޑް މީޓިންގ އަދި ބީލަން ހުށަހެޅުމާއި, ހުޅުވަންވީ ތަނާއި ސުންގަޑި އިތުރުކުރުމަށް ނިންމާފައިވާތީ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 5 ޑިސެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީމެއިލް، [email protected] އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން. ކޮޕީ: [email protected] ޝައުޤްވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 71 57-F/ML/IU/2021/ ކުންފުނި/ ވިޔަފާރީގެ ނަން: ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު: އީމެއިލް އެޑްރެސް: އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް އޮޑިޓް ފަރމެއް ހަމަޖެއްސުމަށް ކުރެވުނު ނަންބަރު 57-F/ML/IU/2021/66 (23 ނޮވެންބަރު 2021) އިޢުލާނާ ގުޅިގެން ރަޖިސްޓަރ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ވާން ނުޖެހޭނެއެވެ. |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތާރީޚާއި ގަޑި: 06 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި |
ޕްރީބިޑް މީޓިންގ |
ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތާރީޚާއި ގަޑި: 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 11:00 ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ޕްރީބިޑް މީޓިންގ އަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|