އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
މާލެއިން 07 ކޮޓަރި ކުއްޔަށް ހިފުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 ނޯޓް: މިމަދަރުސާއިން ކުރިން ކޮށްފައިވާ IUL)MAI-108/MAI/2021/60) ޢިއުލާނަށް އެއްވެސް ފަރާތެއް ބިޑް ހުށައަޅުއްވާފައިނުވާތީ 07 ކޮޓަރި ހޯދުމަށް 2 ވަނަ ފަހަރަށް ޢިއުލާން ކުރަމެވެ.

1. މި މަދަރުސާގެ އަޒްހަރު މުދައްރިސުންނަށް މާލެއިން 5 ކޮޓަރި 6 މަސް ދުވަހަށް އަދި 2 ކޮޓަރި 5 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޑިސެންބަރު 01 އިން 2021 ޑިސެންބަރު 05 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 12:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. 

3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެންބަރު 05 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 05 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 6 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

[email protected]

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3323627

01 ޑިސެންބަރު 2021
ހޯދާ