މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތުކެއާރ އެކްރެޑިޓޭޝަން ނިޒާމެއް ގާއިމު ކުރުމާއި ގުޅޭ

އިޢުލާން

 

ހެލްތުކެއާރ އެކްރެޑިޓޭޝަން ނިޒާމެއް ގާއިމު ކުރުމާއި ގުޅޭ

     

      ދިވެހިރާއްޖޭގެ ޞިއްޙީ ހިދުމަތް  ދިނުމުގެ ޤާނޫނު ނަންބަރ: 2015/29 ގެ 25 ވަނަ މާއްދާގެ ވ ގައި ބަޔާން ކޮށްފައިވާ ޞިއްޙީ ޚިދުމަތުގެ ޤައުމީ އެކްރެޑިޓޭޝަން ނިޒާމެއް އެކުލަވައި ތަންފީޛުކުރުމަކީ ކޮމިޝަނަރުގެ މަސްއޫލިއްޔަތު ގައި ހިމެނިފައިވާ ކަމެކެވެ.

      ގައުމީ އެކްރެޑިޓޭޝަން ނިޒާމެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ "ޓާމް އޮފް ރިފަރެންސް" މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.  އެހެންކަމުން، އެކްރެޑިޓޭޝަން ނިޒާމް ގާއިމް ކުރުމަށްޓަކައި ޝައުގުވެރިވާ ފަންނީ ފަރާތްތަކުގެ ޕްރޮޕޯސަލް 09 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 12:00ގެ ކުރިން މި މިނިސްޓްރީގެ ކުއަލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޜަން ގެ މެއިލް [email protected]  އަށް މެއިލް ކޮށްދެވުން އެދެމެވެ. އަދި ގައުމީ  އެކްރެޑިޓޭޝަން ނިޒާމް ގާއިމްކުރުމާގުޅޭގޮތުން މައުލޫމާތުދިނުމުގެ އޮންލައިން ސެޝަނެއް 05 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 12:00ގައި  އޮންނާނެ ވާހަކަވެސް ދަންނަވަމެވެ.

 

30 ނޮވެންބަރު 2021
ހޯދާ