އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް އިތުރުކުރެވޭ ބައިގެ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ އޮފީސްބަޔަށް އިތުރުކުރެވޭބައި އިމާރާތްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ރަޖިސްޓަރީވެ، މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް 2021 ޑިސެމްބަރު 8 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާގެ މީޓިންގ ރޫމަށް ޙާޟިރުވުމަށް ދަންނަވަމެވެ.

       މި ބިޑްގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބިޑް ހުށައެޅުމުގެ ފުރުޞަތު ނެތްކަމުގައި ދަންނަވަމެވެ. މި ބިޑްގައި ރަޖިސްޓްރީވުމުން މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ޝީޓް ފޯރުކޮށްދެވޭނެއެވެ.

       މި މަސައްކަތައް ބީލަން ހުށަހެށުމާއި، ބީލަންހުޅުވުން އޮންނާނީ 2021 ޑިސެންބަރު 13 ވާ ހޯމަދުވަހުގެ 13:00 ގައި މިއިދާރާގައެވެ.   

       މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ.  

       ވީމާ، ބިޑްގައި ރަޖިސްޓްރީވުމަށްޓަކައި ތިރީގައި މިދަންނަވާތަކެތި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވާއިރު ގެންނެވުން އެދެމެވެ.

  • ވިޔަފާރި ރަޖިސްޓްރޭޝަން އަދި ވިޔަފާރީގެ ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންބަޔާންކޮށް ސިޓީ.
30 ނޮވެންބަރު 2021
ހޯދާ