ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފުށީ ސަރަޙައްދުގެ M-25 ނަންބަރު ބިން ކުއްޔަށް ދިނުން

އިޢުލާން

 

                     ގދ. ތިނަދޫ މާފުށީ ސަރަޙައްދުން ހުސްވެފައިވާ M-25 ނަންބަރު ބިން ސިނާއީ މަސައްކަތް ކުރުމަށް އިޢުލާން ކޮށްގެން ކުއްޔަށް ދިނުމަށް 13 އޮކްޓޯބަރ 2021 ވަނަދުވަހު ބޭއްވުނު ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 20 ވަނަ ރަސްމީ ބައްދަލުވުމުން ނިންމާފައިވާތީ މި ބިން އަކަފޫޓަކަށް އެންމެ ކުޑަ ރޭޓަކަށް 1ރ (އެއް ރުފޔާ) ގެ ރޭޓުން ކުއްޔަށް ދިނުމަށް އިޢުލާން ކުރަމެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލްގައިވާ ގޮތުގެމަތިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފްކުރުން

  06 ޑިސެމްބަރ 2021

ހޯމަ 

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

ޕްރޮޕޯސަލް ހުށަހެޅުން

 13 ޑިސެމްބަރ 2021

ހޯމަ 

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

 

                    މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރައްވާ ފަރާތްތަކަށެވެ. ބިން ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.   

30 ނޮވެންބަރު 2021
ހޯދާ