ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެ
މި ބިއުރޯއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ތިރީގައި މިދަންނަވާއި ތަކެތި ގަތުމަށް ބޭނުންވެއްޖެ.
ވީމާ މިތަކެތި ސަޕްލައިކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2021 ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
5 ކޮމްޕިއުޓަރ ސިސްޓަމް (ހައި-އެންޑް)
100 ޓެބްލެޓް ކަވަރު
100 ޓެބްލެޓްގެ ސްކްރީން ޕްރޮޓެކްޓަރ
350 ޕަވަރބޭންކް
މިބީލަމާއިބެހޭ މައުލޫމާތު އަދި ގަންނަން ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2021 ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ 09:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު.3008414 / 3008400 އަށް ގުޅުއްވުން އެދެމެވެ.