ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެ ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންގެ ކުނި އުކާލުމުގެ ޚިދުމަތަށް ބިލްކުރުމާއި ގުޅޭ

ނަންބަރ: WAMCO-BDM/IUL/2021/043

 

ޢިއުލާން

ހުޅުމާލެ ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންގެ ކުނި އުކާލުމުގެ ޚިދުމަތަށް ބިލްކުރުމާއި ގުޅޭ

ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ފަރުދުންގެ އެޕާރޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓަރ ކުރުމަށް ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ޚިދުމަތުގެ ފޮމުގައި ބިލް ކުރަން ފެށުމަށް ހަމަޖެހިފައިވާ ތާރިޙާއި ގުޅޭގޮތުން ދަންނަވަމެވެ.  ހިޔާ ފްލެޓްއިން ކުނި ނެގުމަށް އެދި ރަޖިސްޓްރޭޝަން ފޯމުގައި ޚިދުމަތަށް ބިލަކުރަން ފަށާނެ ތާރީޙަކަށް ކަނޑައެޅިފައިވާނީ  2021، 1 ނޮވެމްބަރ އިން ފެށިގެންނެވެ.

ނަމަވެސް، ހުޅުމާލެ ފޭސް 2 އަށް ރައްޔިތުން އާބާދުވަމުންދާ މިންވަރަށް ބަލައި، އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މިކޯޕަރޭޝަނުން ބިލް ކުރަން ފެއްޓުމަށް ހަމަޖެހިފައިވާ ތާރީޙް 2022، 1 ޖަނަވަރީ އަށް ފަސްކުރުމަށް ވަނީ ނިންމާފައެވެ.  ވީމާ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.

29 ނޮވެމްބަރ 2021

  12 سفر 1443

29 ނޮވެންބަރު 2021
ހޯދާ