ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންވެސްޓިގޭޝަން އޮފިސަރ

މުވައްޒަފުން ބޭނުންވާ މަޤާމްތައް

 

މަގާމު:

އިންވެސްޓިގޭޝަން އޮފިސަރ

 

ބޭނުންވާ އަދަދު:

2 (ދެއެއް)

 

ވަޒީފާގެ ބޭނުން:

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވޭލުއޭޓްކުރުމާއި، އެފަދަ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުން.

 

މަޤާމުގެ ގިންތި:

ދާއިމީ

 

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

 

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް

މުސާރަ:

-/9،483ރ

 

އެހެނިހެން އެލްވަންސްތައް:

ސާރވިސް އެލަވަންސް -/3،500ރ

ލިވިންގ އެލަވަންސް -/3،000ރ

އިތުރު ގަޑީގައި މަސައްކަތްކުރަން ޖެހިއްޖެ ނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލަވަންސް

 

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:

 

ކޮމްޕްލޭންޓްސް އެންޑް އިންވެސްޓިގޭޝަންސް

މަޤާމުގެ ޝަރުތު: 

 

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޤާނޫނީ/ ސޯޝަލް ސައިންސް/ ހިއުމަންރައިޓްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޤާނޫނީ/ ސޯޝަލް ސައިންސް/ ހިއުމަންރައިޓްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

  1. މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
  2. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  3. ސިއްރު ހިފެހެއްޓުން.
  4. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  5. އާންމުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުން.
  6. މި ދާއިރާއާއި ގުޅުންހުރި ހުރިހާ ޤާނޫނަކާއި ޤަވާއިދަށް އަހުލުވެރިވެފައިވުން.
  7. ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.
  8. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޙަރަކާތްތެރިވާ އިދާރާއަކާއި ނުވަތަ މުވައްޒަފަކާބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ރިޕޯރޓް ތައްޔާރުކުރުން.
  2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޙަރަކާތްތެރިވާ އިދާރާއަކާއި ނުވަތަ މުވައްޒަފަކާބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު ތައް އެކަށައަޅާ، ކުރާނެ ގޮތްރާވާ، ތަހުގީގު ކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
  3. ޗިލްރަންސް އޮމްބަޑްސްޕަރސަން އޮފީހުގެ ދަށުން ހިނގަމުންދާ އެންމެހާ ކަންކަމަށް ބޭނުންވާ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ ކަންކަމުގައި އެހީތެރިވުން.
  4. ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، އެ މިންގަނޑުތަކާއި ސިޔާސަތުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  5. ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މެންޑޭޓްގެ ދަށުން ހިންގާ މަސައްކަތްތަކުގެ އެސްއޯޕީތައް އެކުލަވާލުމާއި، އާންމުކުރުމާއި، ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  6. ކޯޓުތަކަށް ހުށަހެޅޭ މިއޮފީހާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން މި އޮފީހުގެ ފަރާތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  7. ޤާނޫނީ ގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައާއި، އެފަދަ ކަންކަމާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ތަކުގައި އެހީތެރިވެދިނުމާއި އެފަދަ ލިޔެކިޔުންތައް ބެލެހެއްޓުން.
  8. މަގާމުގެ މަސްއޫލިއްޔަތާ ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާ ތަމްރީން (%30)
  2. މަސައްކަތުގެ ތަޖުރިބާ (%20)
  3. އިންޓަވިއު/އިމްތިހާން (%50)

 

ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ %40 އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ %65 އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3.  ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  7. ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
  8. އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އެ ކުންފުނީގައި ވަޒީފައި އަދާކުރާ މުވައްޒަފުންގެ އަދަދު ތަޖުރިބާ ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި ހިމަނަންވާނެއެވެ.
  9. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 08 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ނޯޓް:

  • މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
  • މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
  • އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

29 ނޮވެންބަރު 2021
ހޯދާ