ދިވެހިރާއްޖެ
ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.
މި އިދާރާއަށް ޕިކަޕެއް ގަންނަން ކުރި ނަންބަރު (IUL)399-CA/399/2021/77 އިޢުލާނުގައި ހުށައަޅާފައިވާ އަގުތަކަކީ އެކަސީގެންވާ އަގަށްވުރެ ބޮޑުއަގުތަކަށްވާތީ އެ އިޢުލާނު ބާތިކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނިތަކުން 30 ނޮވެމްބަރ 2021 ގެ 12:00 ކުރިން ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ. އަދި ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަމުގެ ރަޖިސްޓުރީ ވާ ފަރާތަކަށް 30 ނޮވެމްބަރ 2021 ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ.
# |
|
ތަން |
ތާރީޙް |
ގަޑި |
1 |
ބީލަމުގައި ރަޖިސްޓުރީވުމަށް |
ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް [email protected] އަށް މެއިލް ކުރައްވައިގެން |
25 ނޮވެމްބަރ 2021 އިން 30 ނޮވެމްބަރ 2021 އަށް |
12:00 ގެ ކުރިން. |
2 |
ބީލަމުގެ މަޢުލޫމާތު ދިނުން |
ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
1 ޑިސެމްބަރ 2021 |
10:00 |
3 |
ބީލަން ހުށަހެޅުން |
ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
9 ޑިސެމްބަރ 2021 |
13:00 |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތަކަށްވެސް ބިޑު ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ކައުންސިލް އިދާރާއަށް ދުރުވާއިރު މާސްކު އެޅުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
1443 D 20
25 ނޮވެމްބަރ 2021