ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ފުލިދޫ ފާލަން ސަރަޙައްދުގައި ހުރި ތަކެތި ނެގުން

ވ.ފުލިދޫ ފާލަން ސަރަޙައްދުގައި ހުރި ތަކެތި ނެގުން

                ވ.ފުލިދޫއަކީ ގިނައަދަދަށް ފަތުރުވެރިން އަންނަ ރަށަކަންވެފައި އަދި ރަށުގެ މޫނުމަތި ސަރަޙައްދުކަމުގައިވާ ފާލަށް ސަރަޙައްދުގައި ބޭނުންނުކޮން ގިނަ ދުވަސްތަކެއް ވަންދެން އެކްސްކަވޭޓަރ އަކާއި ދަނގަޑު ތައްގަނޑުފަޅިތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އެސަރަޙައްދު ވަރަށް ބޮޑަށް ވަނީ ހަޑިވެފައެވެ. އަދި އެސަރައްދު ކުނި ކަހައި ބެލެހެއްޓުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

                ވީމާ މިސަރަޙައްދުގައި ދެންނެވިފައިވާ ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން އެތަކެތި 07 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ނަންގާވާ އެ ސަހަރައްދު ސާފުކުރުމަށް އަންގަމެވެ. އަދި މިމުއްދަތު ތެރޭގައި އެތަކެތި ނުނަންގަވާފިނަ މިކައުންސިލްގެ ފަރާތުން އެތަކެތި ނައްތާލެވޭނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ. 

                އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި ކައުންސިލްގެ މޯބައިލް ނަމްބަރު 9393603 އާއި ގުޅުއްވުން އެދެމެވެ.  

29 ނޮވެންބަރު 2021
ހޯދާ