މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގާފަރުގައި ޤާއިމް ކުރުމަށްހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދިފައިވާ ފަރާތްތަކުގެ ލިސްޓް ޢާއްމްކުރުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                       ނަމްބަރ:331/331/2021/100(IUL)

އިޢުލާން

 

ކ.ގާފަރުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދިފައިވާ ފަރާތްތަކުގެ ލިސްޓް ޢާއްމްކުރުން

 

                 މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން ފެންމީޓަރާއި، ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް)  ގުޅައިދިނުމަށް އެދި  ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓެއް މި ކައުންސިލްގެ އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

                  ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޝަތު 19 ޑިސެމްބަރ 2021 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ޝަކުވާ ހުށަހަޅަންވާނީ ލިޔުމަކުން ކައުންސިލް އިދާރާއަށްށެވެ.   

                  މި މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ފޯމް ހުށަހަޅާފައި ނުވާ ގެތަކުން ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން  މެންދުރު 14:00 ށް މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

                   ވީމާ، އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު 19 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

29 ނޮވެންބަރު 2021
ހޯދާ