ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށައެޅުން

                            އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުން

   

      މި އިދާރާއަށް 15 ހޮޅިދަނޑި 10 ފޫޓް، 30 ސްޓްރީޓް ލެޑް ލައިޓް 50 ވޯޓް، ސޯލާ ސްޓްރީޓް ލައިޓް 60 ވޯޓް، އަދި 2 ކޯ 2.5 ގެ 1000 މީޓަރުގެ 1ރޯލް ސަޕްލައި ، މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1-      ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޑިސެމްބަރ 01 ވާ ބުދަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައެވެ.

އޮންލައިންކޮށް ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އީމެއިލްއަށް 30 ނޮވެމްބަރ 2021ވާ އަންގަރަ ދުވަހުގެ ރޭ 20:00 ގެ ކުރިން ރިކްސްޓް ފޮނުވުމުން ޒޫމް ލިންކް މެދުވެރިކޮށް އެ އިންތިޒާމް ކައުންސިލްގެ ފަރާތުން އެ ގަޑިއަށް ހަމަޖައްސާ ދޭނެއެވެ.

2-      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:30 ގައި ފެލިދެއަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

އިތުރު މަޢުލޫމާތު

  • މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށެވެ.
  • މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ( ނަން، ރަޖިސްޓްރޭޝަން ނަމްބަރު، އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު ) އަދި މަސައްކަތުގެ ޖުމަލް އަގު މުއްދަތު އެނގެން އޮންނަންވާނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  • ބިޑްތަށް އިވެލިއޭޓް ކުރުމުގައި މާރކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބާލާނެ މިންގަނޑުތައް

 

   އިންސައްތަ

                         ތަފުޞީލް

 

%75

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން )

 

%5

ތަޖުރިބާ

 

%20

މަސައްކަތުގެ މުއްދަތު

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ- އަންދާސީ ހިސާބު

ށ- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ރ- ކުދި އަދި މެދުފަންތީގެ ވިޔަފާރިގައި ރަޖިސްޓްރީކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކު ޑިވެލޮޕް މަންޓުން ދޫކޮށްފައިވާ ލިޔުން (އެސް.އެމް.އީ ރަޖިސްޓްރޭޝަން ކޮޕީ )

     ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 ބީލަންތައް އޮންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އިންނަންވާނެއެވެ.

                އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި ކައުންސިލްގެ މޯބައިލް ނަމްބަރު 9393603 އާއި ގުޅުއްވުން އެދެމެވެ.

                ވީމާ، މިކަން ޢާންމްކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

            

29 ނޮވެންބަރު 2021
ހޯދާ