ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަޕޯޓް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މިކުންފުނިން ހިންގާ ކ. ހިންމަފުށި އިންޖީނުގޭގައި ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ.

މަޤާމް:

ސަޕޯޓް އެސިސްޓެންޓް

ދާއިރާ:

ކ. ހިންމަފުށި އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/3,500ރ އާއި 7,500/- އާއި ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

މައިގަޑު މަސައްކަތް:

  • އޮފީސް އިމާރާތް ކުނި ކަހާ ފޮޅާ ސާފުކުރުމާއި ކުނިއުކާލުން.
  • ހެޑް އޮފީހުން އިންޖީނުގެއަށް ފޮނުވާ ލިޔެކިއުންތަކާއި ތަކެތި ފެރީ އިން ނެގުމާއި އިންޖީނުގެ އިން ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި ތަކެތި ފެރީއަށް ލުން.
  • އިންޖީނުގޭގެ އޮފީސް އިމާރާތުގެ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

06 ޑިސެންބަރު 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ހޮވުމުގައި އަންހެނުންނަށް އިސްކަންދެވޭނެއެވެ.

މަތީގައިވާ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޑިސެންބަރު 2021 ކުރިން ވަޒީފާއަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އަދި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ ކ. ހިންމަފުށި އިންޖީނުގެއަށް ހުށަހެޅުއްވުން އެދެމެވެ.

28 ނޮވެންބަރު 2021
ހޯދާ