ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް
ވީއެމްވެއަރ-ވީސެންޓަރ ސަރވަރ އަދި ވީސްފިއަރ (VMware vCenter Server and vSphere Enterprises) ގަނެދޭނެ ނުވަތަ ރިނިއުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތުގެ “ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 2021 ޑިސެންބަރު 07 ވާ އަންގާރަ ދުވަހު 10:00ގެ ކުރިން NCITގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. އަދި އެއްވެސް ސަބަބަކާހެދި މިދުވަސް(2021 ޑިސެންބަރު 07) ބަންދުނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު 10:00ގެ ކުރިން NCITގެ ރިސެޕްޝަނަށް ބީލަންހުށަހެޅޭނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.
ބިޑް ސެކިއުރިޓީ
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ ޢަދަދު ތިރީގައި އެވަނީއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 90 (ނުވަދިހަ) ދުވަހެވެ.
- ލޮޓް1: 15,887.45ރ ( ފަނަރަހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ސާޅީސް ފަސް ލާރި)
- ލޮޓް2: 13,477.80ރ ( ތޭރަހާސް ހަތަރެސްތޭކަ ހަތްދިހަ ހަތް ރުފިޔާ އަށްޑިހަ ލާރި)
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2021 ޑިސެންބަރު 03 ވާ ހުކުރު ދުވަހުގެ 00:12 ގެ ކުރިން، [email protected] އަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް (www.ncit.gov.mv) ގައި 05 ޑިސެންބަރު 2021 ވާ އާދިއްތަ ދުވަހު ޝާޢިއުކުރެވޭނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
ބީލަމުގެ ނަން:
އިޢުލާނު ނަންބަރު:
ބީލަން ހުށަހަޅާ ފަރާތުގެ ނަން: