ދިވެހިރާއްޖެ
ހިދާޔާ ސްކޫލް
ނ.މިލަދޫ
ދިވެހިރާއްޖެ
ނަމްބަރު:GS116(IUL) /2021/20
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ކޮންޓްރެކްޓް އުސޫލުން 2022 ވަނަ އަހަރު މިސްކޫލްގެ އިމާރާތްތަކާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ
(ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން 2021 ނޮވެމްބަރ 28 ން 01 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ހިދާޔާސްކޫލަށް ދުރުވެ ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑު ހުށައެޅުމުގެ ބައްދަލުވުމަށް މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ހާޒިރުވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން |
02 ޑިސެމްބަރ 2021 ( ބުރާސްފަތި ) ދުވަހުގެ 13:30 ގައި |
ބިޑް ހުށައެޅުން |
09 ޑިސެމްބަރ 2021 ( ބުރާސްފަތި ) ދުވަހުގެ 13:30 ގައި |
ބީލަމާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައިދެންނެވީމެވެ.
ބަދަލުގައި އެހެން ފަރާތެެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެްވުން އެދެމެވެ.
ފޯން: 6560572
ފެކްސް: 6561801
އީމެއިލް: [email protected]
23 ރަބީޢުލްއާޚިރު 1443