ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް ހުށަހެޅުމުގެ ދަޢުވަތު

  1. މި ކައުންސިލްގެ ނަންބަރު(IUL)225-ID/225/2021/32  (16 ނޮވެންބަރު 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައި ނުވާތީ،  އޮފީސް ޕާޓިޝަން  ގަތުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2021 ނޮވެންބަރު 29 ވަނަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންލައިންކޮށެވެ. ރަޖިސްޓްރީ ވުމަށް ގޫގުލް ފޯމް ލިންކް: https://forms.gle/aN2SkLcZEsEa7YK78  ބޭނުން ކުރުން އެދެމެވެ.
  3. ބީލަމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  

   4. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2021 ނޮވެންބަރު 28 ވަނަ  ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

   5. ބީލަމަށް ހުށަހަޅަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.

   6. މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެންބަރު 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

   7. ބީލަން ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 12 ވަނަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.  

   8. އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • އީމެއިލް އެޑްރެސް: [email protected]  
  • ފޯން ނަންބަރު:  6500121، 6500095
28 ނޮވެންބަރު 2021
ހޯދާ