ދިވެހިރާއްޖެ
މި ކައުންސިލްގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް
މި ކައުންސިލްގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިބީލަން ތަކުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01، GC02 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2021 ނޮވެންބަރު 29 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 6 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ގޫގުލް ފޯމް https://forms.gle/GtxBUAiU6hbkRR8o9 އިންނެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 9 ވާބުރާސްފަތި ދުވަހު 11:00 ގައި މި ކައުންސިލްގައެވެ. ބީލަމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބިޑް ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާނު ނަންބަރު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ގަޑި ޖެހިގެން
ހުށަހަޅާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
4. މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ޕްރިބިޑް މީޓިންގ އަދި ސައިޓް ވިޒިޓް ކުރަން ބޭނުންވާ ފަރާތްތަކަށް 2021 ޑިސެންބަރު 2 ވަނަ ދުވަހު 11:00 ގައި އެ ފުރުޞަތު ހުޅުވާލެވިފައި ވާނެއެވެ.
5. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5000.00 (ފަސް ހާސް ރުފިޔާ) ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.
6. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2021 ނޮވެންބަރު 28 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
7. މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެންބަރު 4 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން ނަންބަރު: 6500121، 6500095