ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2021/19
މިސަރވިސްގެ ސ. ގަމުގައިހުންނަ ގަން މީޓިއޮރޮލޮޖިކަލް އޮބްޒަވޭޓްރީ އަށް ފަރުނީޗަރ ސަޕްލައިކޮށްދީ އެތަކެތި ޑެލިވަރކޮށް ރާވާދޭނެ ފަރާތެއް ބޭނުންވެއްޖެ
މިސަރވިސްގެ ސ. ގަމުގައިހުންނަ ގަން މީޓިއޮރޮލޮޖިކަލް އޮބްޒަވޭޓްރީ އަށް އޮފީސް ފަރުނީޗަރ ގަންނަން ބޭނުންވާތީވެ، މިތަކެތި އެއޮފީހަށް ސަޕްލައިކޮށް ޑެލިވަރކޮށްދީ އޮފީހުން ދައްކާ ތަނެއްގައި ރާވާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގު ވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރ 06 ވާ ހޯމަ ދުވަހުގެ11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ އެވަގުތު 2021 ޑިސެމްބަރ 06 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.77 ވަނަ މާއްދާގެ ދަށުން އައްޑޫ ސިޓީއަށް ނިސްބަތްވާ ބީލަންވެރިންނަށް މަސައްކަތް ހަވާލުކުރުމުގައި އިސްކަން ދެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް 2021 ޑިސެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
ފަރުނީޗަރު ގެ ޢަދަދާއި ތަފްސީލް:
# |
ބާވަތް |
ތަފުސީލު |
ބޭނުންވާ ޢަދަދު |
1 |
އޮފީސް ގޮނޑި |
މީޑިއަމް ބެކް، ކަޅު ކުލަ |
06 |
2 |
ކޮމްޕިއުޓަރ ޑެސްކު |
ޗެރީ ކުލަ / އަޅި ކުލަ |
05 |
3 |
އޮފީސް މޭޒު |
ދެފަރާތުގައި ވަތްގަނޑުލީ |
03 |
4 |
ސްޓޮކް ކަބަޑު |
4×6 ފޫޓް، އެތެރެ ފެންނަ ބިއްލޫރި ދޮރުލީ |
01 |
5 |
ފައިލް ކެބިނެޓް |
5×6 ފޫޓު، އެތެރެ ފެންނަ ބިއްލޫރި ދޮރުލީ |
02 |
- މަތީގައިވާ ގޮތަށް ފަރުނީޗަރ ތަކުގެ އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ރާވާދިނުމުގެ އަގާއި އެކުގައެވެ.
- އަންދާސީ ހިސާބު ހުށައަޅުއްވާއިރު، ފަރުނީޗަރގެ ރޭޓު، ޑެލިވަރކޮށްދީ ރާވާދިނުމުގެ އަގު، އަދި އަންދާސީ ހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
- ޑެލިވަރކޮށް ރާވާދީ ނިންމައިދޭނެ މުއްދަތު ވަކިން އެގެން އޮންނަން ވާނެއެވެ.
- ހުށައަޅާ އަންދާސީ ހިސާބާއި އެކު އެތަކެތީގެ ފޮޓޯއެއް ހުށައަޅުއްވަން ވާނެއެވެ.
އެސްޓިމޭޓްއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- އެންމެ ފަހުގެ ޓެކްސް ކުލިއަރެންސް ރިޕޯޓު ކޮޕީ
- ވޭތުވެ ދިޔަ 03 އަހަރު ފަރުނީޗަރ ސަޕްލައި ކޮއްދެއްވާފައިވާ ކަން ހާމަކޮށްދޭ ލިޔުންތައް ހުށައަޅުއްވަން ވާނެއެވެ.
- ކުންފުނީގެ މާލީ ޤާބިލްކަން ހުރި މިންވަރު އަންގައިދޭ ލިޔުމުގެ ކޮޕީ
- ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
- މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
Minimum Quoted Price) / (Quoted Price) x 80) |
80 |
|
15 |
ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 03 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއްދަތު އަދި ތާރީޚް އެނގޭނެ ގޮތަށް މަސައްކަތް ކުރުވިފަރާތުން ދެއްވާފައިވާ ލިޔުން ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔުމަށް އެކަންޏެވެ. މިފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ. |
05 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.
23 ރަބީޢުލް އާޚިރު 1443