ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު (IUL)335-AS/335/2021/118 ( 3 ނޮވެމްބަރ 2021 ) ނަފޯ ދޯނި މަރާމާތުކުރުމުގެ މަސައްކަތުގެ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 1 ފަރާތްތަކުންނެވެ. ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ ބިޑް ކޮމެޓީ2021 ވަނަ އަހަރުގެ 2 ކޮމިޓީގެ 06 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 7 (ހަތެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-
ކުންފުނީގެ ނަން:- |
ބީޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު:- |
229199.00ރ ( ދެ ލައްކަ ނަވާވީސްހާސް އެއްސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) |
މުއްދަތު |
30 ދުވަސް |
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.
އީ.މެއިލް :[email protected]
ފޯން ނަންބަރު :- 6642024