އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ފައިނޭންޝަލް ކޮންސަލްޓެންޓް)

މި އިދާރާގެ ފައިސާއާއިބެހޭ މަސައްކަތްތައް ކުރިއަށްދަނީ ޤާނޫނާއި، ޤަވާޢިދުތަކާއި، އެއްގޮތަށްކަން ޔަޤީންކޮށް 2022 ވަނަ އަހަރުން ފެށިގެން ފައިސާގެ ރިޕޯޓްތައް ޢާއްމުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި މި އިދާރާގައި މަސައްކަތްކުރުމަށް ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.

މަޤާމް: ފައިނޭންޝަލް ކޮންސަލްޓެންޓް

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: 9,935.00 (ނުވަހާސް ނުވަސޭތަކަ ތިރީސްފަސްރުފިޔާ) މަހަކު

މުއްދަތު: 6 މަސްދުވަސް

 

މަސައްކަތުގެ ތަފްސީލް:

  1. ކައުންސިލް އިދާރާގެ ފައިސާއާއި ބެހޭ ކަންކަން ކުރަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އުޞޫލުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ރަނގަޅު ކުރުވުން.
  2. 2022 ވަނަ އަހަރުން ފެށިގެން ފައިސާގެ ރިޕޯޓްތައް ޢާއްމުކުރުމަށް ވާންޖެހޭ ތައްޔާރީތައްކޮށް، ރިޕޯޓްތައް ޤަވާޢިދުން ޢާއްމުކުރަންފެށުމުގެ މަސައްކަތް މުއައްޒަފުންނަށް ދޭންޖެހޭ ލަފަޔާއެކު، ކުރުވުން.
  3. ރަށުގެ ކޮމިޔުނިޓީ ޓްރަސްޓްފަންޑެއް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ކައުންސިލުން 2022 ވަނަ އަހަރަށް ތާވަލްކޮށްފައިވާ މަސައްކަތްތަކުގެ ބަޖެޓްހޯދުމަށް ބޭނުންވާ ޕްރޮޕޯސަލްތައް ތައްޔާރުކުރުން.
  5. މީގެ އިތުރުންވެސް ކައުންސިލް އިދާރާގެ ފައިސާއާއިބެހޭ ކަންކަން ހިންގައި ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފަޔާއި، އިރުޝާދު ދިނުން އަދި އެމަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ވަޒީފާގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ވަޒީފާގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އެކައުންޓިންގ، މެނޭޖްމަންޓް

 

ގުޅޭވަޒީފާގެ ދާއިރާތައް

އެކައުންޓިންގ، ފައިނޭންސް، ޕްރޮކިއުމަންޓް

 

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

            މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެމަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

-          ތަޢްލީމާއި، ތަމްރީން: 40%

-          މަސައްކަތުގެ ތަޖުރިބާ: 12%

-          ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48%

      

މަޤާމަށް އެދި ހުށައެޅުން:

            މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރު 6 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ ރިސެޕްޝަން ނުވަތަ [email protected] އީމެއިލްއަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށައެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  1. މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ލިޔުން
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ކޮށްފައިވާ މަސައްކަތްތަތަކުގެ ތަފްޞީލް ބަޔާންވެ އެނގޭނެ ވެލިޑޭޓް ކުރެވިފައިވާ ރެފަރެންސް ލެޓަރ

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ނޮވެންބަރު 2021
ހޯދާ