ދިވެހިރާއްޖެ
މަގާމު |
ޑިރެކްޓަރ، ރިފަރަލް އެންޑް މޮނިޓަރިންގ |
ބޭނުންވާ ޢަދަދު |
01 |
މަގާމުގެ ކްލެސިފިކޭޝަން |
ޑިރެކްޓަރ |
ރޭންކް |
އީ.އެކްސް 1 |
މުސާރަ |
މަހަކު 8835 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 2000 ރުފިޔާ |
ލިވިންގ އެލަވަންސް |
މަހަކު 4000 ރުފިޔާ |
އެހެނިހެން |
މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/75ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ފޯން އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން ފޯނު އެލަވަންސް ދެވޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
ތަޢުލީމާއި ތަޖުރިބާ
|
(ނޯޓް: މަސައްކަތުގެ ތަޖުރިބާގެ ތެރެން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާއަކީ މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާއަށް ވާންވާނެއެވެ. މި މަގާމަށް މީހަކު ހޮވުމުގައި ސޯސަލް ސައެންސްގެ ދާއިރާކަމަށް ބަލާނީ ސޯޝަލޮޖީ، ސައިކޮލޮޖީ، ސޯޝަލް ޕޮލިސީ، ޕޮލިސީ ސްޓަޑީޒް، ހިއުމަން ރައިޓްސް އަދި ސޯޝަލް ވަރކްއަށެވެ). |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
|
މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. 1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ). (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 3- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 6- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ). 7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).
އިތުރު މަޢުލޫމާތު: 1- މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. 2- މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ. 3- މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ. 4- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ. 5- މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 3 އަށެވެ. މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 06 ޑިސެމްބަރ 2021 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
ނޯޓް: ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން: http://www.fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 3010551 ފެކްސް: 3010552 އީ-މެއިލް: [email protected] ވެބްސައިޓް: www.fpa.gov.mv ފޭސްބުކް: www.facebook.com/fpa.maldives |