މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުމަސްވެރިކަމުގެ މުބާރާތް

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                      ނަމްބަރ:331/331/2021/96(IUL)

އިޢުލާން

 

ފަރުމަސްވެރިކަމުގެ މުބާރާތް

 

                  41 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން "ކ" އަތޮޅަށް ހުޅުވާލެވިގެން ބޭއްވޭ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

                  މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރ 09 ވަނަ ދުވަހުގައެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި މަދުވެގެން 04 މެމްބަރުން ތިބެންވާނެއެވެ. އަދި ގިނަވެގެން ތިބެވޭނީ 10 މެމްބަރުންނަށެވެ. މީގެއިތުރުން، ކޮންމެ ޓީމެއްގައި މަދުވެގެން 01 އަންހެން ކަނބަލަކު ހިމަނަން ވާނެއެވެ.

                  ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ޓީމްތަކުން 05 ޑިސެންބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                  މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ގަވައިދު މިއިދާރާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

25 ނޮވެންބަރު 2021
ހޯދާ