ދިވެހިރާއްޖެ
ގދ.ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު |
ނަންބަރ: (IUL)195-C/1/2021/26 |
||
ތާރީޚް: 25 ނޮވެންބަރު 2021 |
|||
މަޤާމު |
ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް |
||
މި މަޤާމަކީ ގދ.ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. |
|||
ބޭނުންވާ ޖުޑީޝަލް ދާއިރާ |
ޢަދަދު |
||
ގދ.ޖުޑީޝަލް ދާއިރާ |
1 |
||
މުސާރަޔާއި އިނާޔަތްތައް |
|||
އަސާސީ މުސާރަ |
23,150.00ރުފިޔާ |
||
ލިވިންގ އެލަވަންސް |
4,000.00 ރުފިޔާ |
||
ރިސްކް އެލަވަންސް |
800.00 ރުފިޔާ |
||
ހެލްތް އިންޝުއަރެންސް |
ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ލިބިދެވޭނެއެވެ. |
||
މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެންރަށެއްގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައި އޮންނަ އެލަވަންސް |
- މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް -/1،500ރ (މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުން ކަމަށް ބަލާނީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރުމަށެވެ. އަދި މި އެލަވަންސް ލިބިވަޑައިގަންނަވާނީ ހަމައެކަނި މެޖިސްޓްރޭޓުންނަށެވެ.) |
||
ޝަރުތު |
މި މަގާމަށް ކުރިމަތިލައްވާ ފަރާތަކީ ގދ.ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން. |
||
މަގާމަށް އެދި ހުށަހެޅުން |
ގދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޝައުޤުވެރިވާނަމަ، ސުންގަޑީގެ ކުރިން ސިޓީއަކުން އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން |
||
ސުންގަޑި |
09 ޑިސެންބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected]) ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެކަމުގައި ދެންނެވީމެވެ. |
||
ގަވާއިދު |
މި އިޢުލާންގައިވާ ގދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ޤަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބޭނެއެވެ. |
||
މަޢުލޫމާތު ސާފުކުރުން |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. |