ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ އިން ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ

އިޢުލާން

 

ހއ. ކެލާ އިން ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ

މިރަށުން 33 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ، މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ލިބެން ހުންނާނީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނާއި ފޭސްބުކް ޕޭޖް އަދި ކޮމިއުނިޓީ ވައިބަރ ގުރޫޕުންނެވެ.

 

ހއ. ކެލާއިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ  ޝަރުތުތައް

  1. ދިވެހި ރައްޔިތެއް ކަމުގައި ވުމާއި 18 އަހަރު ފުރިފައިވުން
  2. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ފްލެޓެއް އެމީހާގެ ނަންމަތީ ރަޖިސްޓްރީ ވެފައި ނެތުން
  3. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނެތުން
  4. ސަރުކާރުން ދޫކުރާ ފްލެޓެއް، ހައުސިންގ ޔުނިޓެއް، ގޯއްޗެއް އަދި އެންމެދު އިމާރާތަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް އަމިއްލަ ނަމުގައި އޮވެ މިތަން ދޫކޮށްލައިފައިވުން 
  5. ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއްލިބި އެގޯތި މީހަކަށް ހިބައިންދީ ނުވަތަ ވިއްކާފައިވާ ފަރާތެއްކަމުގައި ނުވުން

ނޯޓް

  • ގޯއްޗަށްއެދި ފޯމް ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ފޯމު ދޫކުރާ ތާރީޚަށެވެ.
  • ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތަރުތީބުންނެވެ. އަދި ދެފަރާތެއް ނުވަތަ އެއްއަވުރެ ގިނަ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ ދެން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
  • ގޯތި ދޫކުރުމުގައި ބަލާނީ އެއްފަރާތަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ގޯތި ދޫކުރުމަށެވެ. އަދި ގޯތި ދޫކުރުމުގައި ޢަމަލުކުރާނީ ކެލާ ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ "ހއ. ކެލާއިން  މީގެކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލައިފައިވާ ގޯތިތައް ދިރިއުޅުމަށްޓަކައި އަލުން  ދޫކުރުމާއިބެހޭ އުޞޫލު"އާއި އެއްގޮތަށެވެ.
  • ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

 

ވީމާ މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.

25 ނޮވެންބަރު 2021
ހޯދާ