ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރވިސް ޗާޓަރު

ސަރވިސް ޗާޓަރު

 

ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

 

 

25 ނޮވެމްބަރ 2021

 

 

 

 

 

 

 

 

 

ފިހުރިސްތު

  1. ތަޢާރަފް...............................................................................................................................................................4
  2. ވިޝަން...............................................................................................................................................................4
  3. މިޝަން.............................................................................................................4
  4. ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް....................................................................................................4

އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަގުޗާޓް

  1. އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން................................................................................................5
  2. އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.......................................................................5
  3. އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން.......................................................................................................................5
  4. އައި.ޑީ.ކާޑު ހެދުން..........................................................................................................................................5
  5. 65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން......................................................................................................6
  6. އެކަނިވެރިމައިންގެ ފޯމު ފޮނުވުން.........................................................................................................................7
  7. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން.......................................................................................................7
  8. ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން....................................................................................................................7
  9. މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން..........................................................................................8
  10. އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )..................................8
  11. އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )..............................................................................8
  12. ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން...............................................................................................9
  13. ރަށްވެހިކަން ބަދަލު ކުރުން................................................................................................................................9
  14. ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން................................................................................9
  15. ނަން ބަދަލުކުރުން ( 10 އަހަރުން މަތި )...........................................................................................................10
  16. ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )...........................................................................................................10
  17. ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން.....................................................................................10
  18. ވަޒީފާއަށް އެދި ހުށަހެޅުން................................................................................................................................10
  19. އެސްޓިމޭޓާއި،ބީލަން ހުށަހެޅުން....................................................................................12
  20. ފައިސާ ބަލައިގަތުން.............................................................................................13
  21. ކުނި މެނޭޖްކުރުން..........................................................................................................................................13
  22. ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން........................................................................................................................................................14
  23. ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން...............15
  24. މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން...............................15
  25. އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން....................................16
  26. ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސަށް އެދި ހުށަހެޅުން..............................................................................17
  27. ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން..........................................................................17
  28. އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ހެދުން...................................................................18
  29. ކަނޑު އުޅަނދު ރަޖިސްޓްރީކުރުން.................................................................................19
  30. ކަނޑު އުޅަނދު ރަޖިސްޓްރީކުރުމަށް ސާވޭކުރުން......................................................................19
  31. ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުމާއި،އިންވަކިކުރުން...........................................................................................20
  32. ގޯތީގެ ރަޖިސްޓަރީ ހެއްދުމާއި، ނަންފާސްކުރުން.....................................................................................................21
  33. ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ).................................................23
  34. އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން).............................................24
  35. މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން...................................................................................................................26
  36. މަގު ކޮނުމުގެ ހުއްދަ ދޫކުރުން..........................................................................................................................27
  37. އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން.......................................................................................................................27
  38. އާމްދަނީ ހޯދުމަށް ބިން ދޫކުރުން.......................................................................................................................27
  39. ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން.....................................................................................................................................28

 

 

 

 

 

 

 

 

 

 

 

 

 

 

c

 

 

 

 

 

ސަރވިސް ޗާޓަރ

 

ތަޢާރަފް؛

މިއީ، ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

ވިޝަން؛

ކޮޅުމަޑުލު ގުރައިދޫއަކީ ދީނަށް ލޯބިކުރާ ދީނީގޮތުން ހޭލުންތެރި، ޢިލްމީގޮތުން ކުރިއަރާފައިވާ އިޤްތިޞާދީ ފުރުޞަތުތައް ހަމަހަމަ ގޮތުގައި ޤާއިމްކުރެވިފައިވާ ވަޒީފާގެ ފުރުޞަތުތައް ފަހި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރެވިފައިވާ ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރެވިފައިވާ ފުދުންތެރި ދުޅަހެޔޮ ރައްޔިތުން ދިރިއުޅޭ ޞުލްޙަވެރި އަމާން ވެއްޓެއްލިބިފައިވާ ފެހި ރީތިރަށަކަށް ހެދުން

މިޝަން؛

ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ މިޝަންއަކީ އިންސާނީ އަސާސީ ޚިދުމަތްތައް ހަމަހަމަ ކަމާއެކު ރަށުގެ ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ތަފާތު އެކިއެކި ޚިދުމަތްތަކަށް އެދި ރަށުން ބޭރުން ރަށަށް އަންނަ ފަރާތްތަކަށްވެސް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ސިޔާސީ ނުފޫޒުން އެއްކިބާކޮށް ޚިދުމަތް ދެވޭނެ ގޮތަކަށް ކަންތައްތައް ހަމަޖެއްސުމެވެ.

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ އިސްރައްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

  • އޮފީހުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ މަގު ޗާޓު

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް  ޚިދުމަތް ހޯދަން ކައުންސިލަށްގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ކައުންސިލްގެ ރަސްމީފޯނަށް އަންނަ ފޯނުކޯލުތަކަށް ލަސްވެގެން 3 ރިންގުން ޖަވާބު ދެވޭނެއެވެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރެވޭނެ، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެއެވެ.

އެންޓްރީކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • އޮފީހަށް ލިބޭ ލިޔެކިޔުންތައް ރަސްމީ 2 ދުވަހުގެ ތެރޭގައި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަނަށް ފޯރުކޮށްދެވޭނެ.
  • އުސޫލީ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް  ލިޔުމުން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

 

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

އައި.ޑީ.ކާޑު ހެދުން

4

އައި.ޑީ.ކާޑު ހެދުން

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަނެވޭނެއެވެ. ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ޑީ.އެން.އާރު ގެ ވެބްސައިޓުން (www.dnr.gov.mv) ފޯމުލިބެން ހުންނާނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމުލިބޭތާ ރަސްމީ 1 ދުވަސްތެރޭގައި، ކާޑުހެދުމަށް ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި ފުރިހަމަކުރުމަށްފަހު، އައި.ޑީ.ކާޑު ހެދުމަށްޓަކައި ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

 

  • އައި.ޑީ ކާޑު ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންގައި މައްސަލައެއް އޮތްކަމަށް ޑީ.އެން.އާރުން މަޢުލޫމާތު ދެއްވައިފިނަމަ އެކަމެއް ރަސްމީ ބަންދުނޫން 2 ދުވަހުގެ ތެރޭގައި އިޞްލާހުކޮށް ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

 

  • އަތޮޅުކައުންސިލުން، ނިމިފައިހުރި އައި.ޑީ ކާޑުތަކުގެ މަޢުލޫމާތު އަންގާ ދުވަހުން ފެށިގެން ރަސްމީ 4 ދުވަސްތެރޭގައި ކާޑުގެނެސް، ވެރިފަރާތާ ޙަވާލުކުރެވޭނެއެވެ.  މިގޮތުން ކައުންސިލަށް ކާޑްލިބުމުން ކާޑް ލިބިފައިވާކަން ފޯނުން ގުޅާ އެފަރާތައް އެންގޭނެއެވެ.

 

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

5

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

  • ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރު ފުރޭ ފަރާތްތަކަށް، 65 އަހަރު ފުރުމުގެ 15 ދުވަސްކުރިން ކައުންސިލް އިދާރާއިން އަސާސީ ޕެންޝަނަށް އެދި ފޯމް ހުށަހެޅުމަށް އެދި އެ ފަރާތަށް އިރުޝާދީ އެކަން އެންގޭނެއެވެ.

 

  • ޕެންޝަނަށް އެދޭ ފޯމް، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާއިން ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ފޯމް އަދި ފޯމާއެކު ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހާ ލިޔުންތައް ހުށަހަޅާފައި ވޭތޯބަލައި  ޗެކުކުރުމަށްފަހު ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.

 

ޕެންޝަން އޮފީހަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މަޢުލޫމާތު، ރަސްމީ 1 ދުވަހުގެތެރޭގައި އެފަރާތްތަކާ ލިޔުމުން ޙިއްޞާކުރެވޭނެއެވެ.

 

 

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

6

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

  • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.

 

  • އެކަނިވެރިމައިން/ބަފައިންގެ ފޯމު ކައުންސިލް އިދާރާއަށް ލިބޭތާ ރަސްމީ 3 ދުވަހުގެތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދުމަށްފަހު، ދަފުތަރު ކުރުމާއި އެހީ ހަމަޖައްސައިދިނުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 2 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

7

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް، ކޮންމެ ރަސްމީދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ ޢީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި، ދަފްތަރުކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.

 

  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 2 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

8

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

  • މަރުފޯމު ކައުންސިލް އިދާރާއަށް ހުށަހެޅުމުން، ކަށުކަމާކެމީގެ ކަންކަމަށް  އިންތިޒާމް ކުރުމަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓަށް މަރުފޯމު ލިބުމުން 1 ގަޑި އިރުތެރޭގައި ޖަނާޒާގެ ކަންކަން އެއާއިލާއަކުން ބޭނުންވާގޮތަކަށް ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދެވޭނެ އެވެ.
  • ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށް ގުޅާނީ 7702926 އަށެވެ.

 

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

9

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

  • މަރުފޯމް  ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.
  • ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީން އުނިކުރުމަށް ފަހު، ނިޔާވެފައިވާކަމުގެ ލިޔުން (މަރުފޯމް) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވޭނެއެވެ. އަދި 65 އަހަރުވެފައިވާ ފަރާތެއްނަމަ ޕެންޝަން އޮފީހަށް އެ މަޢުލާމާތު ފޮނުވޭނެ އެވެ.
  • މަރުވިމީހާ ރަށްވެހިވެފައިވާ "ރަށްވެހީންގެ ރަޖިސްޓްރީ" ގެ އަސްލު 3 ދުވަސްތެރޭގައި އެ ފަރާތުގެ އާއިލާގެ ފަރާތުން ކައުންސިލާ ހަވާލުކުރުން. އަދި މަރުވިމީހާގެ ނަން ރަޖިސްޓްރީ އިން އުނިކުރުމަށް ފަހު ހަމަ އެދުވަހު އަނބުރާ ގޭގެ ވެރިފަރާތާ ރަޖިސްޓްރީ ހަވާލުކުރެވޭނެއެވެ.

 

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

10

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ނަން ފާސްކުރާ ފޯމް

   - މަންމައާއި ބައްޕަގެ އައިޑީކާރޑް ކޮޕީ، ކައިވެނީގެ ސެޓްފިކެޓް ކޮޕީ ނުވަތަ ވަރީގެ ސެޓްފިކެޓްގެ ކޮޕީ.

ހޮސްޕިޓަލް ނުވަތަ ސިއްޙީމަރުކަޒުން ފޫޅުމާފޯމް އެންޓަރ ކޮށްފައިވާނަމަ، ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެ.

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

11

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ސެޓްފިކެޓް ހަދާ ފަރާތުގެ އައިޑީކާރޑް ކޮޕީ

  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެއެވެ.

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

12

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

  • އެއާއިލާއެއްގެ އިސްމީހާ ސިޓީއަކުން ރަޖިސްޓްރީ ވުމަށް އެދުން.
  • ގޭގެ ވެރިފަރާތުގެ އިޢުތިރާޒެތް ނެތްކަމުގެ ލިޔުމާއެކު ބަދަލުވާން ބޭނުންވާ އެޑްރެހާއި ،އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުންގެ ނަމާއި އެޑްރެސް ހިމެނުއްވައި އެ އެންމެންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.
  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސްތެރޭ ރަޖިސްޓްރީ ކުރެވޭނެއެވެ.

 

ރަށްވެހިކަން ބަދަލު ކުރުން

13

ރަށްވެހިކަން ބަދަލު ކުރުން

  • އެއާއިލާއެއްގެ އިސްމީހާ ސިޓީއަކުން ޚިދުމަތަށް އެދުން.
  • ރައްވެހިކަން ބަދަލުވުމަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ބަދަލުވާން އެދޭ މީހާ، ނުވަތަ މީހުންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.

  • އެމީހެއްގެ ރަޖިސްޓްރީ އޮތް ރަށަކުން ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސް ތެރޭ ރަށްވެހިކަން ބަދަލުކޮށްދެވޭނެ.

 

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

14

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

  • އެމީހަކު ބަދަލުވާން އެދޭ ރަށެއްގެ ކައުންސިލުން މިކައުންސިލަށް މެސެޖަކުން ނުވަތަ ސިޓީއަކުން އެންގެވުމުން ބަންދުނޫން 3 ދުވަސްތެރޭގައި ރަޖިސްޓްރީން އުނިކޮށްދެވޭނެއެވެ.

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

15

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއި، ޤާނޫނީ ފޯމް ފުރައިގެން ހުށަހެޅުން. ( ޤާނޫނީ ފޯމް ދޫކުރިތާ 1 މަސްދުވަސް ހަމަވުމުގެ ކުރިން ކައުންސިލަށް ގެނައުން ).
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައިޑީކާރޑް

- އުފަންދުވަހުގެ ސެޓްފިކެޓް

  • DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.

 

 

 

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

16

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއެކު ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައިޑީކާރޑް

- އުފަންދުވަހުގެ ސެޓްފިކެޓް

DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ރަސްމީ 2 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

17

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

  • އިމާމުން،މުދިމުން ހަމަޖެއްސުމުގައި ޖަމާއަތުގައި ހުކުރު،އީދު އަދި ކޭތަ ނަމާދުކުރުމަށް ހުއްދަ ލިބިވަޑައިގެންފައިވާ ބޭފުޅެއްތޯ ކައުންސިލުން ކަށަވަރުކުރުން.

-ހުކުރު ،އީދު އަދި ކޭތަ ނަމާދަށް އިމާމުން ހަމަޖެއްސުމަށް ރަސްމީ އެއްދުވަސް ކުރިން އިމާމުން،މުދިމުން ނަށް އަންގާ ސޮއިކުރެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުން

18

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މި އިދާރާގައި ހަމަޖެހިފައިވާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމު ކަން މި އިދާރާގެ ކައުންޓަރުން ކަށަވަރުކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާނަމަ،  ސްކްރީނިންގ މަރުޙަލާގައި އެ ކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެ ކަން އަންގައި،  ރަނގަޅު ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަގަޅު ފޯމު ހުށަހަޅާފައިނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން  ވަޒީފާއަށް އެދޭ ފޯމާއެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ.
  • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014  ގެ  78 ވަނަ މާއްދާގެ (ހ) ގެ    1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަ މަވޭތޯ ބަލަ އި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ.  އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ. 
  • އިންޓަވިއު މަރުޙަލާ ފެށުމުގެ  ކުރިން ލިޔުމުން އެ ކަން  ، ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް  އެ ފަރާ ތުގެ ހުށަހެޅުން  ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ.  މި ގޮތުން އެ ފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްޞީލުކޮށް ބަޔާން ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި އެސެސްމެންޓާޢި ޕްރެޒެންޓޭޝަން އޮންނާނެ މުއްދަތު އެންގޭނެއެވެ. އަދި އިންޓަރވިއުއަށްފަހު މާކްސް ލިބުނުގޮތުގެ ތަފްޞީލް ޢާއްމުކުރެވޭއެވެ.
  • މާކްޝީޓް ޢާޢްމުކުރެވިފާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ. އެސް ވިއުގަރ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ހުށަހެޅޭނެއެވެ.
  •  

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.

 

19

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.

  •      އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 5 ދުވަސް ދެވޭނެއެވެ.
  • ބީލަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6780715 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ނުވަތަ [email protected]  އަށް ހުށަހަޅުއްވައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.
  •   ބީލަން ލިބޭތާ 3 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެއެވެ.
  • ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން ރަސްމީ 10 ދުވަހުގެ ތެރޭގައި ހެދޭނެއެވެ.
  • ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް
    3 ނުވަތަ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •         ބީލަމުގެ އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
  •          ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތަށް 5 ނުވަތަ 7 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ. މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި އޮފީހަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް  ރަސްމީ 2  ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން  ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމަކާ ގުޅިގެން
  •         ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
  • ބީލަމާ ގުޅިގެން ލިބޭ ޝަކުވާތަކަށް ޖަވާބުދިނުމަށްފަހު 5ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބީލަމުގައި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން  ލިޔުމުން އެންގޭނެއެވެ.
  • ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުން އަދި އެޕްރޫވް ކުރުން
  • ބީލަން ހަވާލުކުރުމަށްފަހު  މަސައްކަތް ފެށިގެންދާނެއެވެ.

ފައިސާ ބަލައިގަތުން

20

ފައިސާ ބަލައިގަތުން

  • ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް ފައިސާ ބަލައިގަތުމުގެ އެންމެހައި ކަންކަން ކުރިޔަށް ދާނެއެވެ.

 

 

ކުނިމެނޭޖު ކުރުން

21

ކުނިމެނޭޖު ކުރުން

  •      ރަށުގެ ކުނި މެނޭޖްކުރުމާއި ރަށުގެ އިޖުތިމާޢީ ޞަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް އާއްމުކޮށް އިއުލާން ކޮށްގެން ބިޑް ކާމިޔާބު ކުރާ ފަރާތަކަށް 1 އަހަރަށް ކޮންޓްރެކްޓް ކުރެވޭނެއެވެ.
  • އާންމުކޮށް އިޢުލާނުކޮށްގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 5 ދުވަސް ދެވޭނެއެވެ.
  • ބީލަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6780715 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ނުވަތަ [email protected]  އަށް ހުށަހަޅުއްވައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.
  •   ބީލަން ލިބޭތާ 3 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެއެވެ.
  • ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން ރަސްމީ 10 ދުވަހުގެ ތެރޭގައި ހެދޭނެއެވެ.
  • ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް
    3 ނުވަތަ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •         ބީލަމުގެ އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
  •          ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތަށް 5 ނުވަތަ 7 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ. މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި އޮފީހަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް  ރަސްމީ 2  ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން  ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމަކާ ގުޅިގެން
  •         ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
  • ބީލަމާ ގުޅިގެން ލިބޭ ޝަކުވާތަކަށް ޖަވާބުދިނުމަށްފަހު 5ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބީލަމުގައި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން  ލިޔުމުން އެންގޭނެއެވެ.
  • ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުން އަދި އެޕްރޫވް ކުރުން
  • ބީލަން ހަވާލުކުރުމަށްފަހު  މަސައްކަތް ފެށިގެންދާނެއެވެ.

ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

22

ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • ފަތުރުވެރިކަމަށްއަމާޒުކޮށް،ހޮޓަލެއް/ގެސްޓްހައުސްއެއް/ހޯމްސްޓޭކޮޓަރިއެއް އަދި މޫދުކޮޓަރި އެއް ހިންގުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
  • މި އިން ކަމަކަށް ބޭނުންވާ ފަރާތަކުން މިނިސްޓްރީ އޮފް ޓުއަރިޒަމް އަށް ހުށަހެޅުމުން އެމިނިސްޓްރީ އިން ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
  • މި އިން ކަމަކަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން  ލިބޭ ހުއްދަ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކައުންސިލް އިޚްތިޞާޞް ހިމެނޭ ސަރަހައްދުގައި ކުރުމުގެ ހުއްދަ ލިއުމުންލިބިގެންދާނެއެވެ.

 

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

 

23

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
  • މި ކަމަށް ބޭނުންވާ ފަރާތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
  • މި ކަމަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަ ލިއުމުންލިބިވަޑައިގަންނަވާނެއެވެ.

 

މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

 

24

މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

  • ވިޔަފާރި ކުރުމަށް ޖާގަ ބޭނުން ވެގެން އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެ ހުށަހެޅި  ފަރާތުން އެހުށަހެޅުމެއް ހުށަހެޅީ  ގަވާއިދުގެ ދަށުން ހެދިދައިވާ އުޞޫލުގައިވާ ގޮތުން ދާއިމީ ގޮތެއްގައި އެތަނުގައި ވިޔަފާރި ކުރުމަށްތޯ ނުވަތަ ވަގުތީގޮތުން އެތަނުގައި ވިޔަފާރި ކުރުމަށްތޯ ކަށަވަރުކޮށް އެފަރާތަކަށް މި ދެހާލަތުގައި ކުލި ނެގޭ ގޮތާއި އަދި ކުލީގެ މިންވަރު އުޞޫލާއި އެއްގޮތަށް އޮޅުން ފިލުވައިދިނުން. އަދި އެކަން އެހުށަހަޅާ ހުށަހެޅުމުގައި ވަގުތީ ގޮތުންކަން ނުވަތަ ދާއިމީގޮތުންކަން ބަޔާން ކުރެވިފައި ނެންނަމަ އެކަންބަޔާންކޮށް އަލުން ހުށަހެޅުމަށް އެފަރާތަށް ފުރުޞަތު ދިނުން.
  • މިޚިދުމަތައް އެދި ހުށަހަޅާނީ ސިޓީއަކުންނެވެ. މިސިޓީ އާއިއެކު ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ސެޓްފިކެޓްގެ ކޮޕީ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް ހުށަހަޅާ ފާރަތްތަކުން އެތަނުގައި (އެމޭޒުގައި ނުވަތަ އެގާޑިޔާގައި) ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގައި ނުވަތަ ކައުންސިލެއްގެ ޕަބްލިކް ހެލްތް ޔުނިޓާއި ބެހޭ ބައިގައި ނުވަތަ އެރަށެއްގައި ހުންނަ ސިއްޙީ ވުޒާރާ އެއްގައި ރަޖިސްޓްރީ ކޮށް އެފަރާތުން ދީފައިވާ ސާފުތާހިރު ކަމުގެ ސެޓްފިކެޓް އޮތްތޯ ކަށަވަރުކުރުން. އެފަދަ ލިއުމެއް ނެން ނަމަ އެލިއުން ހޯދައި ހުށަހެޅުމަށް އެންގުން.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ދާއިމީ ގޮތެއްގައި މަގުމަތީގައާއި ޢާންމު ތަންތަނުގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ ކައުންސިލުން އެފަދަ ވިޔަފާރި ދާއިމީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަކުން ޖާގާ އޮތްތޯ ބަލައި ޖާގަ އޮތްނަމަ ހުށަހާޅާތާ 7 ދުވަހުގެ ތެރޭގައި ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
  • ފުރަތަމަ ދެވޭ މުއްދަތު މިއަށްވުރެ، މުއްދަތު އިތުރުކުރަން ބޭނުންވާ ނަމަ އެއްބަސްވުމުގައިވާ މަރުހަލާގެ ކުރިން އެއްބަސްވުމުގައި ބަޔާންކުރާގޮތަށް ކައުންސިލަށް ލިއުމުން މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ކައުންސިލުން އެއިރުގެ ހާލަތަށް ރިއާޔަތްކޮށް މުއްދަތު އިތުރުކުރެވޭނެއެވެ.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ވަގުތީ ގޮތުން މަގުމަތީގައާއި ޢާންމުތަނެއްގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ އެފަދަ ފަރާތަކަށް ވަގުތީ ގޮތުން ދެވޭ ތަނާމެދު ކައުންސިލާއި މަޝްވަރާކޮށް ކަނޑައެޅުމަށް ފަހު އެފަދަ ވިޔަފާރި ވަގުތީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ވީ އެންމެ އަވަހަކަށް ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
  • މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ  އެއްވެސް ފަރާތަކަށް ދީފިނަމަ ކައުންސިލް އޮންނަ " މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރު " ގައި އެފަރާތެއް ރަޖިސްޓްރީ ކުރަމުން ގެންދާނެއެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން.

25

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން.

  • ޚިދްމަތަށް އެދެންވާނީ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމަށް ދޫކުރާ ލިއުމަށް އެދި ހުށަހަޅާ ފޯމުންނެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން   ލިބެން ހުންނާނެއެވެ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިއެކިއުމެއް ހުށަހަޅާފައިވާކަން ކަށަވަރުކުރެވޭނެއެވެ.
  • ކައުންސިލަށް ފޯމް ލިބުމަށްފަހު ހުށަހަޅާ ތާރީޚްގައި ނުވަތަ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ކަމާގުޅޭ ޔުނިޓަށް ފޮނުވޭނެއެވެ.
  • ގަރާޖް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކުރުމަށްފަހު ޝަރުތު ހަމަވާނަމަ، ހުށަހަޅާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާނަމަވެސް އެފަރާތަށް ރަސްމީ 3 ދުވަސް ތެރޭގައި އެކަން އެންގޭނެއެވެ.
  • ގަރާޖަށް ދޫކުރެވިފައިވާ ހުއްދައެހެންފަރާތަކަށް ވެރިފަރާތް ބަދަލުކުރުމަށް  ނުވަތަ ބާޠިލްކުރަން ބޭނުން ވެއްޖެނަމަ،" ބާތިލްކުރުމަށް/ ބަދަލުކުރުމަށް އެދޭމް ފޯމް " ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ.

 

 

ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސަށް އެދި ހުށަހެޅުން

26

ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސަށް އެދި ހުށަހެޅުން

  • ކަނޑުގައި ދުއްވާތަކެތީގެ ލައިސަންސަށް އެދޭ ފޯމް ފުރުއްވައި ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، އައި.ޑީ.ކާޑްގެ އަސްލު ކޮޕީއަކާއެކު އަދި ނިޔަމި ސެޓްފިކެޓް ރަސްމީ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅުއްވުން
  • ޢުޅަނދު ދުއްވުމުގެ އިމްތިޙާންގެ ފީ ދެއްކެވުން.
  • ދުއްވުމުގެ ޓެސްޓް ފީ 15.00
  • ލައިސަންސް ހެދުމުގެ އަގު
  • މުއްދަތު ހަމަވާތީ އައުކުރާނަމަ
  • މުއްދަތު ހަމަވެގެން އައުކުރާނަމަ
  • ގެއްލިގެން ހަލާކުވެގެން އަލުން ހަދާނަމަ
  • ކާޑު ހެއްދުމަށް
  • ދުއްވުމުގެ ޓެސްޓް ހެއްދެވުން ( ޓެސްޓް އޮންނަ ދުވަސްތަކާ ގަޑި ލިޔުއްވުމަށް)

(ކަނޑުގައި ދުއްވާތަކެތީގެ ލައިސަންސަށް އެދޭ ފޯމް ކައުންސިލްގެ އިދާރާއިން ނުވަތަ ޓްރާންސް ޕޯޓް އޮތޯރިޓީގެ ވެބްސައިޓްwww.transport.gov.mvއިން ލިބެންހުންނާނެއެވެ.)

 

 

ކަނޑުއުޅަނދުފަހަރުގެސަލާމަތީހެއްދުން

27

ކަނޑުއުޅަނދުފަހަރުގެސަލާމަތީހެއްދުން

  •  ކަނޑު އުޅަނދުގެ ސާރވޭއަށް އެދޭ ފޯމް (MS-1) ހުށަހެޅުން އަދި ފީ ދެއްކުން (ސެޓްފިކެޓަކަށް 250ރ) މުއްދަތު ހަމަވެފައިވާނަމަ، ކޮންމެ ސެޓްފިކެޓަކަށް ޖުރުމަނާގެ ގޮތުގައި 1000ރުފިޔާ ދައްކަންޖެހޭނެއެވެ.
  • ކަނޑުއުޅަނދު ފަހަރު ސާރވޭއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމް ހުށަހެޅުމުން ފޯމު ކަމާގުޅުންހުރި ސެކްޝަނާ  ރަސްމީ 2 ދުވަސް ތެރޭގައި ހަވާލުކުރުން (ESMS)
  • ފޯމު އަދި ފޯމާ އެކުގައިވާ ލިޔުންތައް ޗެކްކުރުން.
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭ ކުރިއަށް ގެންދެވޭނެއެވެ.
  •  ސަރވޭކޮށް ނިމޭތާ ރަސްމީ 2 ދުވަސްތެރޭގައި ސަލާމަތީ ސެޓްފިކެޓް ހަވާލު ކުރެވޭނެއެވެ.

އެއްގަމުގައި ދުއްވާއުޅަނދުގެލައިސަންސްހެދުން

28

އެއްގަމުގައި ދުއްވާއުޅަނދުގެލައިސަންސްހެދުން

  • ފޯމް ފުރުއްވައި، ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، އައި.ޑީ.ކާޑްގެ އަސްލު ކޮޕީއަކާއެކު ރަސްމީ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅުއްވުން
  • އިމްތިޙާން ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ) ރުފިޔާ ދެއްކެވުން.
  • ތިޔަރީ ޓެސްޓުހެއްދެވުން ( އެ ކައުންސިލަކުން އެ ކައުންސިލެއްގައި ޓެސްޓް އޮންނަ ދުވަހާއި ގަޑި ޖެއްސެވުމަށް)
  • ތިޔަރީ ޓެސްޓުން ފާސްވުމުން ގިނަވެގެން 3 މަސް ދުވަސްތެރޭ  ދުއްވުމުގެ ޓެސްޓަށް ހެއްދެވުމަށް ހުށަހެޅުއްވުން
  • ސައިކަލްނަމަ ދުއްވުމުގެ އިމްތިޙާންގެ  ފީ ކަމުގައިވާ 15.00 (ފަނަރަ ރުފިޔާ) އަދި ދުއްވުމުގެ ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ ) ރުފިޔާ އާ  އަދި ލައިސެންސް ފޮތަށް ކައުންސިލްގެ އާމްދަނީ އަށް ނަގާ 25 ރުފިޔާ ދެއްކެވުން. ޖުމްލަ 140.00 (އެއް ސަތޭކަ ސާޅީސް) ރުފިޔާ ދެއްކެވުން.
  • ސައިކަލްނޫން އެހެނިހެން އެއްގަމު އުޅަނދެއްނަމަ ދުއްވުމުގެ އިމްތިހާންގެ  ފީ ކަމުގައިވާ 25.00 (ފަންސަވީސް) ރުފިޔާ އަދި ދުއްވުމުގެ ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ ) ރުފިޔާ އަދި ލައިސެންސް ފޮތަށް ކައުންސިލްގެ އާމްދަނީ އަށް ނަގާ 25 ރުފިޔާ ދެއްކެވުން.  އާއެކު ޖުމްލަ  150.00 (އެއް ސަތޭކަ ފަންސާސް) ރުފިޔާ ދެއްކެވުން.
  •  
  • ލައިސަންސް ހެއްދުމަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.

 

ކަނޑުއުޅަނދުރަޖިސްޓްރީކުރުން

 

29

ކަނޑުއުޅަނދުރަޖިސްޓްރީކުރުން

  • ކަނޑުއުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ހުށަހެޅުން އަދި ރަޖިސްޓްރީކުރުމުގެ ފީ ދެއްކުން
  • ކަނޑުއުޅަނދު ރަޖިސްޓްރީ ކުރުމަށް  އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
  • ފޯމު ގުޅުންހުރި ސެކްޝަނާ ހަވާލުކުރުން
  • ފޯމު އަދި ފޯމާ އެކުގައިވަ ލިޔުންތައް ޗެކްކުރުން
  • ސަރވޭ ނުކޮށް އޮތް އުޅަނދެއް ނަމަ، ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖެއްސުން
  • އުޅަނދުގެ މައުލޫމާތު "މެޓްރިކްސް ސިސްޓަމަށް އެޅުން
  • ރަޖިސްޓްރީ ސެޓްފިކެޓް ދޫކުރުން

ކަނޑުއުޅަނދު ރަޖިސްޓްރީ ކުރުމަށް ސާވޭކުރުން

 

30

ކަނޑުއުޅަނދު ރަޖިސްޓްރީކުރުމަށްސާވޭކުރުން

  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއިބެހޭ ކަންކަމަށް އެދޭ ފޯމް (MR-1) ހުށަހެޅުން އަދި ފީ ދެއްކުން - 250ރ
  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދު ފަހަރުގެ ރަޖިސްޓްރީ އަށް  އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
  • ފޯމު ގުޅުންހުރި ސެކްޝަނާ  ރަސްމީ 2 ދުވަސް ތެރޭގައި ހަވާލުކުރުން
  • ކަނޑުއުޅަނދު ފަހަރު ރަޖިސްޓްރީއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި،ވެބްސައިޓުން އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭކުރުން.
  • އުޅަނދު ސާރވޭކޮށް ނިމޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސަރވޭކޮށް ދޫކުރާ ލިޔުން (MR-2) ދޫކުރެވޭނެއެވެ.

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުމާއި،އިންވަކިކުރުން

31

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުމާއި،އިންވަކިކުރުން

  • ފައުންޑޭޝަން ޗެކްކުރުމާއި، ކަންމުޑި އެޅުމާއި، ގޯތީގެ އިންވަކިކޮށް ދިނުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށް ފަހު ފޯމް އެންޓްރީ ކުރެވޭނެއެވެ.

-          ކަންމުޑި އެޅުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރެވޭނެއެވެ.

-          ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، ކަންމުޑި އެޅުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

-          ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ ތެރޭގައި ސާފުކުރުމަށް ގޯތިގެވެރިފަރާތް (ނުވަތަ ބަލަހައްޓާ ފަރާތައް) ގޯތި،އަދި މަގުފަޅި ސާފުކުރުމަށް ޗިޓް ހަވާލު ކުރެވޭނެއެވެ.

-          ގޯތި ސާފުކުރުމަށް އެންގި ޗިޓްގައިވާ ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ޗިޓްގައިވާ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.

 

 

ގޯތީގެ ރަޖިސްޓަރީ ހެއްދުމާއި،ނަންފާސްކުރުން

32

ގޯތީގެ ރަޖިސްޓަރީ ހެއްދުމާއި، ނަންފާސްކުރުން

  • ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ނަންފާސްކުރުމަށް އެދޭފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައިވާ ގޯއްޗަށް ކުރިން ރަޖިސްޓަރީ އެއް ހައްދާފައިވާނަމަ، ކުރީގެ ރަޖިސްޓަރީގެ އަޞްލު.
  • (ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅާފައިވާނަމަ، ރަޖިސްޓަރީގެ އަޞްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.)

ރަޖިސްޓްރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅުއްވާއިރު ކުލެރިފިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުން.

  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރެވޭނެއެވެ.

-          ގޯތި ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން.

-          ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ގޯތި އޮތްތަނަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ގޯތީގެ މިންތައް (ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި) ޗެކްކޮށް ނޯޓް ކުރެވޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 04 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައި ނުވާނަމަ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް އެންގި ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައިނުވާނަމަ ގޯތި ސާފު ނުކުރުމުގެ ސަބަބުން ނުވަތަ ކަންމުޑި އަޅާފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

33

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

  • ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން.
  • ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯއްޗަށް ކުރިން ގޯތީގެ ރަޖިސްޓަރީއެއް ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދާފައިވާނަމަ، އެ ރަޖިސްޓަރީއެއްގެ އަޞްލު ހުށަހެޅުން.
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 05 ދުވަހުގެ ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތީގެ އިންވަކިކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

34

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ކްލެރިފިކޭޝަން ފޯމް ހުށަހެޅުން (ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތު ސާފުކުރާ ފޯމް)
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          ކްލެރިފިކޭޝަން ފޯމް ފުރުމަށްޓަކައި ގޯތީގެ ވެރިފަރާތާއި ނުވަތަ އެޕްލިކޭޝަން ފޯމް ހުށަހެޅި ފަރާތާއި ވަގުތުން ޙަވާލުކުރުން.

-          އެޕްލިކޭޝަން ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން.

-          ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ރަސްމީ 07 ދުވަހުގެ މުއްދަތަށް ޢާއްމު އިޢުލާނެއް ކުރުން.

-          ކްލެރިފިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ފޯމްގައި ރަޖިސްޓަރީ ރަޙުނުކޮށްފައިވާކަމަށް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާނަމަ، އަދި 07 ދުވަހުގެ މުއްދަތަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާކަމަށް އަންގާފައިނުވާނަމަ، ޚިދުމަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުން.

-          އިޢުލާނުގެ މުއްދަތު ހަމަވެ، އަދި ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ޢާއްމު އިޢުލާންގެ މުއްދަތު ހަމަވެފައިވާނަމަ، ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ، ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން. ޢާއްމު އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން ކުލެރިފިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅައިފިނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށްވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އަންގާނީ ޢާއްމު އިޢުލާންގެ މުއްދަތު ހަމަވާތާ، ރަސްމީ 02 ދުވަހުގެ ތެރޭގައެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، އިޢުލާނުގެ މުއްދަތު ހަމަވެ، ކްލެރިފިކޭޝަން ފޯމް ހުށަހަޅާ އަދި ގޯތީގެ އިންވަކިކޮށްފައިވާނަމަ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، އިޢުލާނުގެ މުއްދަތު ހަމަވެ، ކުލެރިފިކޭޝަން ފޯމް ހުށަހެޅި ތާރީޚުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.
  • ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބިފައިވާކަމަށް ހުށަހަޅާފިނަމަ، ނުވަތަ ކުލެރިފިކޭޝަން ފޯމުގައި ރަޖިސްޓަރީ ރަހުނުކޮށްފައިވާނަމަ، އެއްވެސް މާލީ އިދާރާއަކުން ބަޔާންކޮށްފައިވާނަމަ، އަލުން ރަޖިސްޓަރީ ހައްދައިދެވެން ނެތްކަމާއި، ރަޖިސްޓަރީއާއި ގުޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ގޯތީގެ ވެރިފަރާތަށް ލިޔުމުން ފޯރުކޮށް ދެވޭނެއެވެ.

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

35

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

  • މަގު ބަންދުކުރުމުގެ ހުއްދައަށް އެދި މަގު ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ސިޓީއަކުން ހުށަހެޅުން.
  • ބޯޑާއި ޙަވާލުވާ ޝީޓްގައި ނަމާއި ސޮއި ކުރުމަށްފަހު މަގު ބަންދުކުރާ ހުއްދަ/ ބޯޑް ހަވާލުކުރެވޭނެއެވެ.
  • މަގު ބަންދުކުރުމަށް ހުއްދަ ދެވިފައިވާ ވަގުތު ހަމަވުމުން ސަރަޙައްދު ސާފުކޮށް ހުއްދަ ބޯޑު ކައުންސިލް އިދާރާއާއި.ހަވާލުކުރަންވާނެއެވެ.

 

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

36

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

  • މަގު ކޮނުމުގެ ހުއްދައަށް އެދި މަގު ކޮނުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
  • މަގުކޮނުމުގެ ހުއްދަ ދޫކުރުމަށް ހުށަހަޅާފައިވާ ސަބަބު ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރެވޭނެއެވެ.
  • މަގުކޮނުމަށް ދޫކުރާ ހުއްދައިގެ ކޮޕީ އިންޖީނުގެ، ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ލިޔުމުން ޙަވާލުކުރެވޭނެއެވެ.

 

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

37

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

  • އިމާރާތްކުރުމުގެ ހުއްދައަށް އެދި ޚިދުމަތަށް އެދޭ ފޯމް (ފޯމުގައި ބޭނުންވާ ހުރިހާ މައުލޫމާތާއެކު) ކައުންސިލް އިދާރާއަށް ހުށަހެޅުން.
  • އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ހުއްދަ ދޫކުރުމަށް ކަނޑައެޅިފައިވާ ރޭޓުން ފީ ނެގުމަށްފަހު ހުއްދަ ދޫކުރެވޭނެ އެވެ.

އާމްދަނީ ހޯދުމަށް ބިން ދޫކުރުން

38

އާމްދަނީ ހޯދުމަށް ބިން ދޫކުރުން

  •  އާމްދަނީ ހޯދުމަށް ބިން ދޫކުރުމަށް ކައުންސިލުން އިއުލާންކުރުމުން އެކަމަށް އެދި ހުށަހެޅޭނެއެވެ.
  •     އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 5 ދުވަސް ދެވޭނެއެވެ.
  • ބީލަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6780715 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ނުވަތަ [email protected]  އަށް ހުށަހަޅުއްވައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.
  •   ބީލަން ލިބޭތާ 3 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެއެވެ.
  • ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން ރަސްމީ 10 ދުވަހުގެ ތެރޭގައި ހެދޭނެއެވެ.
  • ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް
    3 ނުވަތަ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •         ބީލަމުގެ އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
  •          ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތަށް 5 ނުވަތަ 7 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ. މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި އޮފީހަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް  ރަސްމީ 2  ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން  ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ބީލަމަކާ ގުޅިގެން
  •         ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
  • ބީލަމާ ގުޅިގެން ލިބޭ ޝަކުވާތަކަށް ޖަވާބުދިނުމަށްފަހު 5ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބީލަމުގައި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން  ލިޔުމުން އެންގޭނެއެވެ.
  • ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުމުން ބިން ޙަވާލުކުރެވޭނެއެވެ.

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

39

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

  • އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި (21 ދުވަހުގެ ތެރޭގައި) ޖަވާބު ދެވޭނެއެވެ.
  • ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން 

  • އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected]  މި އީ-މެއިލްގެ    ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
  • މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 6780715 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ.  
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ގުޅުއްވުމަށް

ފޯން ނަންބަރު: 6780715

އީ-މެއިލް: [email protected]

ވެބްސައިޓް: -

 

ކޮޅުމަޑުލު ގުރައިދޫ  ކައުންސިލްގެ އިދާރާ ، ގާޒީމަގު، ގުރައިދޫ، ދިވެހިރާއްޖެ.

25 ނޮވެންބަރު 2021
ހޯދާ