މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ އޮފީސް އިމާރާތައް ބޭނުންވާ ފަރުނީޗަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)] ގެ އޮފީސް އިމާރާތައް ބޭނުންވާ ފަރުނީޗަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 07 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ ހެދުނު 11:00 ގައި، މ. ހަޒާރުމާގެ 5 ވަނަ ފަންގިފިލާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް މެދުވެރިކޮށް  [email protected]; އަށް 04 ޑިސެންބަރު 2021 ވަނަ ދުވަހުގެ 11:00ގެ ކުރިން ފުނުވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ ބިޑް ޑޮކިއުމަންޓް މިއިޢުލާނާއިއެކު އެއްއުރަކުރެވިފައިވާނެއެވެ.

 

20 ރަބީޢުލްއާޚިރު 1443

25 ނޮވެންބަރު 2021

25 ނޮވެންބަރު 2021
ހޯދާ