ވަޒީފާގެ ފުރުޞަތު
|
ނަންބަރު: I1C-A/2021/04
|
ތާރީޚް: 25 ނޮވެންބަރު 2021
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
|
ރޭންކް: ޖީ.އެސް 3
|
ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ މެޖިސްޓްރޭޓް ކޯޓު
|
އަސާސީ މުސާރަ
|
-/4465 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް މުސާރައިގެ 20 އިންސައްތަ
- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
- ލިވިންގ އެލަވަންސް: -/2,550 ރުފިޔާ
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މައިގަންޑު މަސްއޫލިއްޔަތުތައް
|
- ކޯޓަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، ކޯޓަށް ހުށަހެޅޭ ލިޔެކިއުންތަކާ ހަވާލުވުމާއި، އީ-މެއިލް މެދުވެރިކޮށާއި އެހެނިހެން އިލެކްޓްރީނިކް ޒަރިއްޔާތަކުން ލިބޭ ލިޔެކިއުންތައް ނެގުމާއި، ލިޔުންތައް އެންޓްރީ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، އިދާރީ ކަންކަމާގުޅޭގޮތުންނާއި ކޯޓުގެ ޤަޟިއްޔާތަކާއި ގުޅިގެން އެހެނިހެން އިދާރާތަކަށާއި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ މެސެޖް ލިޔެ ފޮނުވުމާއި، ކޯޓުގެ ޔައުމިއްޔާ ލިޔުން.
- ކޯޓަށް ގަންނަންޖެހޭ ތައްކެއްޗާއި ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމަށް އަގުބެލުމާއި، އޯޑަރފޯމު ތައްޔާރުކުރުމާއި، އެހެން އިދާރާތަކުން ހޯދަންޖެހޭ ތަކެތި ހޯދުމަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވުމާއި، ކޯޓުގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުން.
- ކޯޓަށް ގަންނަ ތަކެއްޗާއި ހޯދާ ޚިދުމަތްތަކާގުޅިގެން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ވައުޗަރ ހެދުމާއި، ލިބޭފައިސާއާއި ޚަރަދުވާ ފައިސާއާގުޅޭގޮތުން ހަދަންޖެހޭ ރިޕޯޓްތައް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކޯޓުގައި ހިންގާ ގަޟިއްޔާތަކާގުޅިގެން ލިޔަންޖެހޭ ބަޔާންތައް ޓައިޕްކުރުމާއި، ގަޟިއްޔާތައް ހިންގުމަށް ކުރާ ޝެޑިއުލްއާގުޅިގެން އިދާރީގޮތުން ކުރަން ހަވާލުކުރާ މަސައްކަތްތައް ކުރުން.
- އަދި މީގެ އިތުރުންވެސް ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ އެހެނިހެން އިދާރީ މަސައްކަތް ޤަވާއިދުން ކުރުން.
|
ތަޢުލީމީ ރޮނގު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އައި.ޓީ/ އެކައުންޓިންގް އެންޑް ފައިނޭންސް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- ބިޒްނަސް އެޑްމިނިސްޓެރޭޝަން/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ އައި.ޓީ/ އެކައުންޓިންގް އެންޑް ފައިނޭންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
|
ސުންގަޑި
|
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކޯޓަށް ފޯމު ހުށަހެޅުން އެދެމެވެ. އީމެއިލް ގެ ޒަރީއާއިން ހުށައަޅުއްވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއަށް ބަލާފައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތަޢުލީމް: 30 އިންސައްތަ
- މަސައްކަތުގެ ތަޖުރިބާ: 10 އިންސައްތަ
- މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 އިންސައްތަ
- އިންޓަރވިއު: 50 އިންސައްތަ
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، ފޯމާއެކު ފުރިހަމަކޮށް ހުށަހަޅަންޖެހޭ މަޢުލޫމާތު ސްލިޕް މި ކޯޓުންނާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6681014
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގުމާއި ތާނައިން ފަރިތަކަމާއެކު ޓައިޕްކުރަން އެނގުން.
- ވަޒީފާއާބެހޭ ޤާނޫނާއި، ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
- ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
|