އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކުނިމެނޭޖްކުރުމުގެ ގަވާއިދުގެ 5 ވަނަ އިސްލާހު ތަންފީޒުކުރުމާއި ގުޅޭ ސަރކިއުލަރ

ކުނިމެނޭޖްކުރުމުގެ ގަވާއިދުގެ 5 ވަނަ އިސްލާހު ތަންފީޒުކުރުމާއި ގުޅޭ ސަރކިއުލަރ

2021

        ނަންބަރު: 3/2021/CIR/WST-203

 

މާލެ ސިޓީ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި، ސިޓީތަކާއި، ޞިނާޢީ ރަށްރަށުން ރިސޯޓުން އުފައްދާ ކުނި މެނޭޖްކުރުމާބެހޭ

 

ކުނިމެނޭޖް ކުރުމާއި ބެހޭ ގަވާއިދުގެ (ގަވާއިދު ނަންބަރު: 58-R/2013) 5 ވަނަ އިސްލާހުގައި ވަނީ ކުނި ބައިބައި ކުރަންވީގޮތަށް އިސްލާހެއް ގެނެސްފައެވެ. މިގަވާއިދުގެ 2-6 ވަނަ މާއްދާގެ (ހ) ގައި މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ޞިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ އަންނަނިވި ބައިތަކަށް ވަކި ކޮށްފައެވެ.

(1)    ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި

(2)    ޕްލާސްޓިކް ފުޅި

(3)    މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް

(4)    (1)، (2) އަދި (3) ގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކުނި

މިބަޔާންކުރެވުނު ބާވަތެއްގައި ނުހިމެނޭ ބޮޑެތި (ބަލްކީ) ކުނި (ފަރުނީޗަރު، ގޭތެރޭގައި ހިފައިގެންގުޅޭ ސާމާނު، ފުރިޖް، ޓީވީ، ދޮންނަމެޝިން، މިނޫންވެސް މިފަދަ ކުނި) އެހެން އެއްވެސް ކުންޏަކާ އެކުވެގެން ނުވާނެއެވެ. އަދި މިފަދަ ކުނި އުކާލަން ވާނީ އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅައިފައިވާ ދުވަސްތަކުގައި އެ ކައުންސިލަކުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

މިގަވާއިދާ އެއްގޮތަށް އަމަލު ކުރަންފަށާނީ 1 ޖެނުއަރީ 2022 އިން ފެށިގެންނެވެ.

ވީމާ، މިގަވާއިދާ އެއްގޮތްވާ ގޮތަށް ކޮންމެ ރަށެއްގަވެސް ރަށުގެ ކުނި މެނޭޖް ކުރުމާއި ބެހޭ ޕްލޭން އެކުލަވާލާއިރު މިބައިތަކަށް ކުނި ބައިބައި ކުރާނެކަމާއި ކުރާނެގޮތް ހިމެނޭގޮތަށް ރަށުގެ ކުނި މެނޭޖް ކުރުމާއި ބެހޭ ޕްލޭންއެއް ތައްޔާރުކޮށް 15 ޑިސެމްބަރ 2021 ގެ ކުރިން މިއޭޖެންސީއަށް ފޮނުވާދެއްވުމަށް އެދިދަންނަވަމެވެ.

 16 ރަބީއުލްޢާޙިރު 1443 

25 ނޮވެންބަރު 2021
ހޯދާ