މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އަސާސީ ޕެންޝަން ދިނުމުގެ ގަވާޢިދު އިސްލާހް ކުރުން

މި އިޢުލާންވަނީ 20 ޖުލައި 2014 15:49 ގައި ބާތިލް ކުރެވިފައެވެ.


ޢުމުރުން ދުވަސްވީ މީހުންނަށް ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދޭ އަސާސީ ޕެންޝަންގެ ފައިސާ ދޫކުރުމުގައި މިހާތަނަށް ޢަމަލު ކުރަމުން އައިސްފައިވަނީ " އަސާސީ ޕެންޝަންގެ ގަވާޢިދު" ގެ 14 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިންނެވެ.  މި މާއްދާގައިވާ ގޮތުން،  އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން، އެކައުންޓަށް ޖަމާކުރެވޭނީ، އަސާސީ ޕެންޝަނަށް އެދި ޕެންޝަން އޮފީހަށް ފޯމު ހުށަހެޅުމުންނެވެ. މިގޮތުން، އަސާސީ ޕެންޝަން ޙައްޤުވާ އުމުރު ހަމަވެފައިވީ ނަމަވެސް، އަސާސީ ޕެންޝަނަށް އެދި ހުށަހަޅާފައިނުވާނަމަ، ފާއިތުވެފައިވާ މުއްދަތުގެ އަސާސީ ޕެންޝަންގެ ފައިސާ ޖަމާކުރެވޭނީ، އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަހެޅި ތާރީޚުން ފެށިގެން ފާއިތުވެފައިވާ (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މިގޮތަށް އެއިރު ކަނޑައެޅީ، މިކަމަކީ މުޅީން އަލަށް ފެށި ކަމަކަށްވެފައި، އަސާސީ ޕެންޝަންގެ މަޢުލޫމާތު ގިނަބަޔަކަށް އެއިރު ނޭގޭނެ ކަމަށް ގަބޫލު ކުރެވޭތީއެވެ.

                އަސާސީ ޕެންޝަން ދޭން ފެށިތާ މިހާރު ހަތަރު އަހަަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެހެން ކަމުން އަސާސީ ޕެންޝަންގެ މަޢުލޫމާތު އެކަށީގެންވާ މިންވަރަކަށް ޢާންމުންނަށް އެނގިފައިވާނެކަމަށް މިއޮފީހަށް ގަބޫލު ކުރެވޭތީ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު)ގެ ދަށުން ހެދިފައިވާ "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގަވާޢިދު"ގެ 14 ވަނަ މާއްދާގެ (ނ) އަށްވަނީ އިސްލާހް ގެނެވިފައެވެ. މިގެނެވުނު އިސްލާހުގައި ވާގޮތުން، އުމުރުން ދުވަސްވީމީހުންގެ އަސާސީ ޕެންޝަންގެ ފައިސާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން، އެކައުންޓަށް ޖަމާކުރެވޭނީ، އަސާސީ ޕެންޝަނަށް އެދި ޕެންޝަން އޮފީހަށް ފޯމް ހުށަހަޅާ މަހުން ފެށިގެންނެވެ. މިގޮތުން، 01 ޖަނަވރީ 2015 ގެ ފަހުން އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކަށް، ކުރިން އަސާސީ ޕެންޝަން ދެމުން ގެންދިޔަ ގޮތަށް ފާއިތުވި 1 އަހަރުގެ އަސާސީ ޕެންޝަންގެ ފައިސާ ނުލިބޭނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                13 ރަމްޟާން  1435

10 ޖުލައި 2014
ހޯދާ