ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ދެކުނު ސަރަހައްދީ އޮފީސް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2021/78 ) (14 ނޮވެންބަރު 2021) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދެވުނު ފަހުން މަސައްކަތުގައި ހިމެނޭ ބައެއް ކަންކަން ކުރަންވީ ގޮތަށް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
- އޮފީސް އިމާރާތުގެ ބޭރުގައި އަދި ވަށާފާރުތަކުގައި ކުލަލުން.
- އޮފީހުގެ 3 ދިދަ ދަނޑީގައި ދަވާދުލުން.
- އޮފީހުގެ އެކޮމޮޑޭޝަން ބްލޮކަށް ބޭރުން ވަދެވޭގޮތަށް ހުރި ދޮރު ބަދަލުކުރުން.
- އޮފިހުގެ ހުޅަނގު ފަރާތުން ވަދެވޭ ގޮތަށް ހުރި ދޮރު ބަދަލުކުރުން.
- އޮފީހުގެ ސްޓޯރ ރޫމުގެ ފުރާޅުގެ ދިޔަދޮވި ހަރުކޮށްފައިވާ ނަލަފިލާ ބަދަލުކުރުމާއި އަދި ދިޔަދޮވިން ފައިބާ ފެން އޮފީހުގެ ގޯތިތެރެއަށް ފައިބާނެ ގޮތަށް ހެދުން.
- އޮފީހުގައި ކުރިން ޖަންކްޝަންގެ ގޮތުގައި ބޭނުންކުރަމުން އައި 4.5 ފޫޓުގެ 4 ޖަންކްޝަން ވަޅާއި 2.5 ފޫޓުގެ 1 ޖަންކްޝަން ވަޅު ނަގައި އެތަނަށް ވެލި އެޅުން.
ބަދަލު ގެނެވިފައިވާ މައުލޫމާތު ކަރުދާސް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ތިރީގައިވާ މި އޮފީހުގެ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.
މި މަސައްކަތާގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، 2021 ނޮވެންބަރ 30 ވާ އަންގާރަ ދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2021 ޑިސެންބަރު 7 ވާ އަންގާރަ ދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.