ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއިންދޭ ކުރެހުމަކާއެއްގޮތަށް މިއިދާރާގެ ޢިމާރާތަށް އިތުރުކުރާ ބަޔާއެކު ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ 30 ވާ އަންގާރަދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ރަޖިސްޓަރީ ވި ފަރާތްތަކަށް މަޢުލޫމާތު ދިނުން |
މ. މުލީ ކައުންސިލްގެ އިދާރާ |
2 ޑިސެމްބަރު 2021 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
މ. މުލީ ކައުންސިލްގެ އިދާރާ |
20 ޑިސެމްބަރު 2021 |
ހޯމަ |
13:00 |
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- މަސައްކަތުގެ އަގަށް: %85 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- މުއްދަތު: %5 (އެންމެ ކުރުމުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން).
- މަސައްކަތުގެ ތަޖުރިބާއަށް: %5 (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި) ހުށަހަޅާ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓް، ގިނަވެގެން ދެވޭނީ 5 ޕޮއިންޓް.
- މާލީ ޤާބިލުކަން: %5 (މާލީ ޤާބިލްކަން، ހުށަހެޅި އަދަދުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)
މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.