މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

      މ. މުލި،

      ދިވެހިރާއްޖެ.

                             

                                                            ނަންބަރު: K5C-A/2021/41

އިޢުލާން

ޝަރުޢީ އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

މި ކޯޓުގެ ޝަރުޢީ އަގުކޮމެޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޝަރުޢީ އަގުކޮމެޓީއަކީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ތަންތަނާއި ތަކެތީގެ ޝަރުޢީ އަގުކުރުމަށް އުފެއްދޭ ކޮމެޓީއެކެވެ. ކޯޓުން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރެވޭނީ، އަގުކޮމެޓީގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް މީހުން ހިމަނައިގެން 03 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އަގުކޮމެޓީ އަކުންނެވެ. އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ވީމާ، މިކޯޓުގެ އަގު ކޮމެޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން، މި ކޯޓުން ދޫކުރާ "އަގުކޮމެޓީގެ ދަފުތަރުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، 23 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުމަށް އެދެމެވެ. 

24  ނޮވެމްބަރ 2021

 

                                                  

24 ނޮވެންބަރު 2021
ހޯދާ