މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހަށް ބޭނުންވާ ކުލީ ކޮޓަރި ހޯދުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                           ނަމްބަރ:331/331/2021/94(IUL)

އިޢުލާން

 

 

މަސްވެރިންގެ ދުވަހަށް ބޭނުންވާ ކުލީ ކޮޓަރި ހޯދުން

 

                  41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލްތައް މިރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މިހަފުލާ އަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭނުންވާ ކޮޓަރި ކުއްޔަށް ހޯދަން ބޭނުންވެއެވެ. މިގޮތުން ކޮޓަރި ބޭނުންވަނީ 2021 ޑިސެމްބަރ 9، 10 އަދި 11 މި 3 ދުވަހަށެވެ. 

                  ކޮޓަރި ކުއްޔަށް ހިފުމަށް ހަމަޖެހިފައިވާ ރޭޓަކީ އޭސީ ކޮޓަރި ދުވާލަކަށް -/500 ރުފިޔާގެ ރޭޓުން

އަދި އޭސީ ނުކުރާ ކޮޓަރި ދުވާލަކަށް -/350 ރުފިޔާގެ ރޭޓުންނެވެ.

                  ވީމާ، މީހުން ދިރިއުޅޭ ގޭގެއިން ނުވަތަ އެފަދަ އެހެންތަނަކުންވިޔަސް ކޮޓަރި ކުއްޔަށް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 29 ނޮވެމްބަރ 2021 ވާ ހޯމަ  ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަން މިކައުންސިލް އިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ،

                  41 ވަނަ މަސްވެރިންގެ ދުވަސް މިރަށުގައި ވީހާވެސް ފުރިހަމައެއްކޮން ކުރިޔަށް ގެންދިއުމަށް ކައުންސިލުން މިދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންނެވެ. ނަމަވެސް މިހާ ހިސާބަށް އެކަށީގެންވާ އަދަދަށް ކޮޓަރި ލިބިފައި ނުވާތީ ރައްޔިތުންގެ ވަރަށްބޮޑު އެއްބާރު ލެއްވުން މިކަމުގައި ބޭނުންވާ ވާހަކަ ދަންނަވަމެވެ. 

24 ނޮވެންބަރު 2021
ހޯދާ