ދިވެހިރާއްޖެ
(IUL)337-C-AA/337/2021/65 ނަމްބަރ
އިޢުލާން
ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލާއި، "ރަށުގައި ވޯޓާރ ސްޕޯރޓްސް" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުސޫލަށް އިސްލާހުގެނައުމަށް ކައުންސިލުން ފާސްކުރުން
މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ ނަންބަރު: YM/2021/25 (01 ނޮވެންބަރު 2021) ޔައުމިއްޔާއިން ނިންމާ 21 ނޮވެންބަރު 2021 ވަނަ ދުވަހު ޢާންމުކޮށްފައިވާ ލިޔުމުން ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލާއި، "ރަށުގައި ވޯޓާރ ސްޕޯރޓްސް" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުސޫލަށް ކައުންސިލުން ވަނީ އިސްލާހުތައް ގެނެސްފައެވެ.
މިގޮތުން ގެނެސްފައިވާ އިސްލާހުތައް ތިރީގައި އެވަނީއެވެ.
(1) ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލުގެ ޗާޓަށާއި، ޖަދުވަލްތައް އިސްލާހުކުރުން.
(2) "ރަށުގައި ވޯޓާރ ސްޕޯރޓްސް" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުސޫލަށް ޖަދުވަލް 02 (ދޭއް) އިތުރުކުރުން.
ވީމާ، އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވަމެވެ. މި އިޢުލާނާއިއެކު އިސްލާހުގެނެސްފައިވާ މަޢުލޫމާތުތައް އާންމުކުރީމެވެ.
17 ރަބީޢުލްއާޚިރު 1443
22 ނޮވެންބަރު 2021