އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން:
|
އެޑްމިން އެންޑް އެޗް.އާރު އޮފިސަރ
|
ރޭންކް:
|
GS3/B
|
ސެކްޝަން/ޑިޕާޓްމަންޓް
|
ކޯޕަރޭޓް ސަރވިސް ސެކްޝަން – އެޑްމިން އެންޑް އެޗް.އާރު ޔުނިޓް
|
ކްލެސިފިކޭޝަން
|
އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އެޑްވާންސް ސަބްސިޑިއަރީ އިމްތިހާނުން 2 މާއްދާއިގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކ ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން.
- ޚިދުމަތް ހޯދަން އަންނަ/ ގުޅާ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތްކުރުން.
- އޮފީހަށް އަންނަ ލިޔެކިޔުންތަކާއި ޙަވާލުވެ، އެތަކެތި އެންޓްރީކުރުން.
- އޮފީހުގެ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތު ހޯދުމަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ޙަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުން.
- އޮފީހަށް އަންނަ ސިޓީ/ނޯޓް ފަދަ ލިޔުންތަކާއި ގުޅޭގޮތުން އިސްވެރިންގެ ލަފާގެ މަތިން އެފަރާތްތަކަށް ޖަވާބުދިނުން.
- ފައިލްކުރަންޖެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި މާސްޓަރ ފައިލް އަޕްޑޭޓްކުރުން.
- އޮފީހުގެ މީޓިންގ ރޫމްތައް ބެލެހެއްޓުން.
- މުވައްޒަފުންގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލްއާ ގުޅޭ އެންމެހާ މަސައްކަތްތައްކުރުމާއި މުވައްޒަފުންގެ ޕާފޯމަންސް ބެލުމަށްޓަކައި މެނޭޖްމެންޓުން ބޭނުންވާ އެކި ރިޕޯޓްތައް ތައްޔާރުކުރުން.
- މުވައްޒަފުން ވެއްދުމާއި ވަކިކުރުމާގުޅޭ އެންމެހާ މަސައްކަތްތައްކުރުން.
- ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުން.
- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ތައްޔާރުކޮށް ރެކޯޑް ބެލެހެއްޓުން.
- މުވައްޒަފުންގެ ވަޒީފާ ބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
- މުސާރަ ދިނުމާ ގުޅޭގޮތުންކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައްކުރުން.
- ވަޒީފާގައި އުޅޭ އަދި ވަކިވެފައިވާ މުވައްޒަފުން އެދުމުން ގަވާއިދުގައިވާ ގޮތުގެ މަތިން ކަމާބެހޭ ލިޔުން ތައްޔާރުކޮށް މުވައްޒަފާ ހަވާލުކުރުން.
|
އުޖޫރަ:
|
މަހަކު -/4,450 ރުފިޔާ
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2،500 ރުފިޔާ
- ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 ލިބޭނެ
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
ފޯމް ފޮނުވަންވީ ތާރީޚް: 24 ނޮވެންބަރު 2021 އިން 5 ޑިސެންބަރު 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 5 ޑިސެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް އެޓޭޗްމެންޓެއްގެ ގޮތުގައެވެ.)
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް
- ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)