މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ޅައިމަގު މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓް ވައިރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު މެޖިސްޓްރޭޓް ކޯޓް

          ށ.ޅައިމަގު

           ދިވެހިރާއްޖެ                                               

                                  ނަންބަރ: C11C-A/2021/02

އިޢުލާން

  

އަންދާސީ ހިސާބު ބޭނުންވެއްޖެ.

 

މިކޯޓްގެ ކަރަންޓް ވަޔަރ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކޯޓްގެ ކަރަންޓް ވަޔަރ ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2021 ދުވަހުގެ 11:15 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540560 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

     އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 05 ޑިސެމްބަރ 2021 

     އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:30

     އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ޅައިމަގު މެޖިސްޓްރޭޓް ކޯޓު 

                   23 ނޮވެމްބަރ 2021

18 ރަބީޢުލްއާޚިރު 1443

23 ނޮވެންބަރު 2021
ހޯދާ