މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީދާ މަދުކުރުމުގެ މުބާރާތް

އިޢުލާން

 

 

މީދާ މަދުކުރުމުގެ މުބާރާތް

 

މީދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަގުސަދުގައި، ވާދަވެރިކަމުގެ ރޫހާއެކު ރަށުން މީދާ މަދުކުރުމުގެ މަޤްޞަދުގައި، މީދާ ހިފުމުގެ މުބާރާތެއް ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން 2021 ޑިސެމްބަރ 05 ވާ އާދީއްތަ ދުވަހު 12:00 ގެ ނިޔަލަށެވެ.

މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ، ދެވަނައަށް  ހޮވޭ ފަރާތަކަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރައްވާ، 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

22 ނޮވެންބަރު 2021
ހޯދާ