| - ސްކޫލަށް އަންނަ ލިޔެކިޔުން އެންޓްރީ ކުރުމާއި ޖަވާބު ދޭންޖެހޭ ލިޔެކިޔުންތަކަށް ޖަވާބު ދިނުމާއި ލިޔެކިޔުންތަށް ފައިލްކޮށް ބެލެހެއްޓުން - 30 ސަލާމަށް ވުރެ ގިނަ ދުވަސްވާ މުވައްޒިފުންގެ މަޢުލޫމާތު އިސްވެރިޔާއަށާއި އެމުވައްޒަފެއްގެ ކަންތައް  ބެލެހެއްޓުމާ ޙަވާލުހުރި ސުޕަވައިޒަރަށް މަޢުލޫމާތު ދިނުން - ގަޑިޖެހިގެން ޙާޟިރުވާ މުވައްޒަފުން ގަޑިޖައްސާ ކޮންމެ މަހެއްގެ މުސާރަ ދިނުމުގެ ކުރިން ގަޑި ޖެހުނު މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާއި ޙަވާލުކުރުން. - ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ފާއިތުވީ މަހުގެ ޙާޟިރީ ރިޕޯރޓް ތައްޔާރުކޮށް އިސްވެރިޔާއަށް ހުށަހެޅުން. - ޗުއްޓީއަށް އެދި ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން ޗުއްޓީ ޗިޓް ދޫކުރުން އަދި އެކަން ޔައުމިއްޔާ ލިޔުއްވާ މުވައްޒަފަށް މަޢްލޫމާތަށްޓަކައި އެންގުން. - ފާއިތުވި މަހުގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯރޑް ހިނގާ މަހުގެ 20 ގެ ކުރިން   ފުރިހަމަކޮށް ނިންމުން. - ޗުއްޓީ ހަމަވުމުން ވަޒީފާއަށް ނުނިކުންނަވާ މުވައްޒަފުންގެ މަޢްލޫމާތު އިސްވެރިޔާއަށާއި އިދާރީ ކަންތައްތައް ބެލުމާއި ޙަވާލުވެހުރި ވެރިޔާއަށް ހުށަހަޅަމުން ގެންދިއުން. - ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން. - ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން - އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން. |