އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު:(IUL)339-CAA/339/2021/69 (16 އޮކްޓޯބަރު 2021) އިޢުލާނާއި ގުޅިގެން ހޯދުމަށް މަޢުލޫމާތު ދީފައިވާ ބްރޭންޑްގެ ތަކެތީގެ އަގު ބޮޑުވުމާގުޅިގެން، މަޢުލޫމާތަށް ބަދަލުގެނައުމަށް ބޭނުންވާތީ، ތިރީގައި މި ދަންނަވާ ވެހިކަލްއާއި، ވެހިކަލް ޕާޓްސް މި ކައުންސިލަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމަށް އަލުން އިޢުލާންކޮށް ފުރުޞަތު ހުޅުވާލަމެވެ.

 

  • 1 އެކްސްކަވޭޓާރ
  • 1 ގްރެޑަރ (ލޯޑަރއާއި، އެޓޭޗްކުރެވޭ)
  • 1 ބޭބީ ރޯލަރ
  •  1 ލޯޑަރ
  •  1 ޕެލެޓް ފޯރކް (ލޯޑަރއާއި، އެޓޭޗްކުރެވޭ)

 

 

 

   މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ.

             ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2021 ޑިސެންބަރު 1 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވެ، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީވުމާއި، މަޢުލޫމާތު ސާފުކުރުމަށް [email protected] އީމެއިލްއަށް (މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ނަން، އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް) ހުށައެޅުއްވުން އެދެމެވެ. އަދި މިއިދާރާގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުޞަތު ނެތްކަމުގައި ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުން މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް ފޯރުކޮށްދެވޭނެއެވެ.

             މި މަސައްކަތައް ބީލަން ހުށަހެށުމާއި، ބީލަންހުޅުވުން އޮންނާނީ 2021 ޑިސެންބަރު 6 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.     

22 ނޮވެންބަރު 2021
ހޯދާ