ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ނައިޓް ފަޔަރިންގ ތަމްރީނުތަކެއް 2021 ނޮވެންބަރު 23، 24 އަދި 25 ވަނަ ދުވަހުގެ 18:30 އިން 22:00 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް
|
1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް: |
އޭކޭ ސީރީޒް ރައިފަލް |
|
2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން: |
4100 މީޓަރ |
|
3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން: |
200 މީޓަރ |
|
4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން: |
ސީ-ލެވެލް |
|
5. ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން: |
ކ. ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު |
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
